މިއީ މި ފަހުން ބާއްވާ އެންމެ މުހިންމު ބައި އިލެކްޝަންތަކެވެ. ޖުމްލަ ހަތް ބައި އިލެކްޝަނެއް މިއަދު އޮވެ އެވެ.
މިއީ މި ފަހުން ބާއްވާ އެންމެ މުހިންމު ބައި އިލެކްޝަންތަކެވެ. ޖުމްލަ ހަތް ބައި އިލެކްޝަނެއް މިއަދު އޮވެ އެވެ. އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ.
ބައި އިލެކްޝަން އޮތީ؛
ހުޅުމާލޭގައި ޖުމްލަ ހަތް ވޯޓް ފޮއްޓެއް ބަހައްޓާފައި އެވެ. މައްޗަންގޮޅީ މެދުގައި ހަ ވޯޓް ފޮއްޓެއް އަދި ހެންވޭރު ހުޅަނގުގައި ވެސް ހަ ވޯޓް ފޮއްޓެއް ބަހައްޓާފައިވެ އެވެ. ހުޅުމާލޭގައި ވޯޓް ފޮށިތައް ހުރީ ރެހެނދި ސުކޫލާއި ކާމިލް ދީދީ ޕްރީ ސްކޫލު ގަ އެވެ. މައްޗަންގޮޅީ މެދުގެ ވޯޓް ފޮށިތައް ހުރީ ޖަމާލުއްދީން ސުކޫލު ގައެވެ. ހެންވޭރު ހުޅަނގުގެ ވޯޓް ލުން ކުރިއަށް ދަނީ ހެންވޭރު ދަނޑުގަ އެވެ.
ކުޅުދުއްފުށީ ގައި ބެހެއްޓި ދެ ވޯޓް ފޮށި ހުރީ ހދ އަތޮޅު ތައުލީމީ މަރުކަޒު ގަ އެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ.
ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަސްލަމް ވެސް ވަނީ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. މިއީ ބިލެތްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ދާއިރާގެ ގޮނޑި ފުރާ ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު ވެސް ވަނީ މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. ވިހިވަނަ މަޖިލީހަށް މި ހުރިހާ ބޭފުޅުން ވެސް އިންތިހާބުވެވަޑައިގެންނެވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ނުވަތަ ސަރުކާރުގެ ތާއީދާއެކު އެވެ.
މާލެ ސިޓީގެ ދާއިރާތަކާއި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަ ކުރަނީ ކޮންގްރެސްގެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ޅ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވީ ޔާސީން އަބްދުﷲ ވަނީ ނައިފަރު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ. ސަރުކާރު ހިންގާ ކޮންގްރެސްއަށް ނިސްބަތްވާ ޔާސީން އިންތިހާބު ގައި ވާދަ ކުރައްވާ ގޮނޑި ހޯއްދެވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ހުވާ ކުރެއްވުމުގެ ކުރީން ކޮންގްރެސް ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.
އެ ދާއިރާގެ ބައި އިލެކްޝަނަށް ވެސް ހުޅުވާލި އެވެ. އިންތިހާބު ބޭއްވުމަށް ނިންމީ މިއަދު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވީއިރު ކުރިމަތިލީ އިންތިހާބު ކުރަން ޖެހޭ އަދަދަށް އެންމެ މީހެއް ކަމަށެވެ. އެއީ ކޮންގްރެސްގެ ޕާޓީގެ ޓިކެޓް ގައި ކުރިިމަތިލި ޅ. ނައިފަރު މުނިމާގެ މުހައްމަދު ސަނީ އެވެ.