"ނާރެސް ޕޯޓަލް" އާއި "އޮޕަރޭޝަން ކުރަނގި" ފޭސް ދޭއް އިފްތިތާހު ކޮށްފި

"އޮޕަރޭޝަން ކުރަނގި" ފޭސްދޭއް، އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށް ފެށުނު މަސައްކަތެކެވެ.

"ނާރެސް ޕޯޓަލް" އާއި "އޮޕަރޭޝަން ކުރަނގި" ފޭސް ދޭއް އިފުތިތާހު ކުރުން

"ނާރެސް ޕޯޓަލް" އާއި "އޮޕަރޭޝަން ކުރަނގި" ފޭސް ދޭއް އިފުތިތާހު ކޮށްފި އެވެ. މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއް ގައި "ނާރެސް ޕޯޓަލް" އާއި "އޮޕަރޭޝަން ކުރަނގި" ފޭސް ދޭއް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ނާރެސްޕޯޓަލަކީ އެ ޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުން ވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. 

"އޮޕަރޭޝަން ކުރަނގި" ފޭސްދޭއް، އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށް ފެށުނު މަސައްކަތެކެވެ.

މިރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ހިދުމަތަކީ ވެސް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ހުރިހާ ރަށެއް ޝާމިލުވާ ދެ ހިދުމަތްކަން ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ގަވާއިދަށް ފައްތައި، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފެށީ މި އަހަރުގެ މެއި މަހު އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރު ވިދާޅުވީ މި އޮޕަރޭޝަން ފެށީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަން ދެކިގެން ކަމަށެވެ. އަދި، ވޭތުވެ ދިޔަ ފަސް އަހަރު މި އޮޕަރޭޝަން ހަދަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފެށުނީ އޭގެ އަމަލީ މަސައްކަތުގެ ފުރަތަމަ ބައި ކަމަށެވެ.

"ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބީ ކިތައް ބިދޭސީންތޯ، އެއީ ކޮން ގައުމުތަކެއްގެ މީހުންތޯ، މިހާރު އެމީހުން މަސައްކަތް ކުރަނީ ކާކު އެމީހުންނަށް ސްޕޮންސާ ދީގެންތޯ ނުވަތަ ކޮން ދިމާލެއްގަތޯ އޭނާ މަސައްކަތް ކުރަނީ މިހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް އެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި ދެން ޖެހިގެން އަންނަ ދެ އަހަރު ކުރާނެ ކަމަކީ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް ނުވަތަ ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން އެއީ ކާކުކަން ސާބިތު ނުވާ މީހުންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ހަދައި އެމީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސްއާ ދެމެދު ފަހުމްނާމާގައި ސޮއި ކުރުން

މިރޭ އޮތް ރަސްމިއްޔާތު ގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވާކްސްއާ ދެމެދު، ގާނޫނު ތަންފީޒުކުރުމާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ކައުންސިލުތަކާ ގުޅިގެން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ހޯދުމުގެ ގޮތުން ފަހުމުނާމާއެއް ގައި ވަނީ ސޮއިކޮށްފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ "ހޯމް ޓީމަށް" ދެއްވާފައިވާ އަމާޒު މި ރަސްމިއްޔާތުގައި އިފުތިތާހު ކޮށްދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.