ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ

މިއީ ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވުމާއި ދެ ގައުމުގެ އިސްވެރީންގެ ބައްދަލްވުންތަކަށް ހާއްސަ ދަތުރުފުޅެކެވެ.

ޗައިނާއަށް ވަޑައިގަންނަވާ މިނިސްޓަރުން

ތިން މިނިސްޓަރަކު ރަސްމީ ދަތުރުފުޅެއް ގައި ޗައިނާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރަސްމީ ދަތުރުފުޅެއް ގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

މިއީ ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވުމާއި ދެ ގައުމުގެ އިސްވެރީންގެ ބައްދަލްވުންތަކަށް ހާއްސަ ދަތުރުފުޅެކެވެ.

މީގެ އިތުރުން ޗައިނާ ބޮޑެތި ބައެއް ކުންފުނިތަކާ ރާއްޖޭގެ މިނިސްޓަރުން ބައްދަލު ކުރައްވާނެ އެވެ. ހާއްސަކޮށް ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކުގެ އިސްވެރީންނާއި ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

މި ސަރުކާރުން ގެންދަނީ ޗައިނާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. އެކަމުގެ ސަބަބުން މިދިޔަ ފަސް އަހަރު ރާއްޖެ-ޗައިނާ ގުޅުމަށް އޮތް ހީނަރުކަން ދަނީ ފިލަމުންނެވެ.

އޭގެ ކުރީން އޮތް ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބޭއްވެވީ ޗައިނާއާ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ އެހީގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.