ރައީސްގެ އިލްތިމާސް؛ މަތީ ތައުލީމަށް ފަހު ގައުމަށް އެނބުރި އައިސް ހިދުމަތް ކުރައްވާ

"ރާއްޖެއިން ބޭރުގައި މަތީ ތައުލީމާ ތަޖްރިބާ ހާސިލްކުރައްވައިގެން ވަޒީފާ އަދާކުރައްވާ ދިވެހީންނަށް ގައުމަށް އެނބުރި ވަޑައިގަތުމަށް ވިސްނެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

މަތީ ތައުލީމާއި ތަޖުރިބާ އަށް ފަހު ގައުމަށް އެނބުރި އައިސް ހިދުމަތް ކުރެއްވުމަށް ދިވެހި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މަތީ ސާނަވީގެ އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާ ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ތައުލީމީ ހަޔާތުގައި އާ މަރުހަލާއެއް ފަށާ ދަރިވަރުންނަށް ހިތްވަރު ދެއްވާފަ އެވެ.

"ތިޔަ ކުދީން އަނެއްކާވެސް ތިޔަ ކުރިމަތިލަނީ މުޅިން އައު މަރުހަލާއަކާ. ބުރަ ދުވަސްތަކަކާ. ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރި މަސައްކަތުން ތިޔަކުދީން ހިތްވަރު ލިބިގަންނަން ޖެހޭ،"

މަތީ ސާނަވީގެ އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާ ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާ

ކޮންމެ ކުއްޖަކުވެސް ކިޔަވަމުން ދާއިރު އަދި ކިޔަވައި ނިމިގެންވެސް އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭނެ އެއް ކަމަކީ ގައުމަށް ހިދުމަތް ކުރުން ކަމަށާ ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަބަދުވެސް ބަލަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަށީގެންވާ މުސާރަ ނުލިބޭތީ ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ދިވެހީން އެބަތިބި ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ބަދަލުކޮށް، މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހީންނަށް ހާއްސަ ވަޒީފާތައް ގިނަކޮށް އަދާކުރާ ވަޒީފާއާ އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނަން. ގައުމު ބިނާކުރަން އިސްކަން ދޭގޮތަށް މީހުން ބިނާކުރަން ދައުލަތުގެ ބަޖެޓުން ހާއްސަ ސަމާލުކަމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.

މަތީ ސާނަވީގެ އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާ ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމުގެ ޖަލްސާ

ރައީސް ވަނީ މަތީ ތައުލީމަށް ފަހު ގައުމަށް އެނބުރި އައިސް ހިދުމަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ޔަގީންކަން ދެއްވެވީ އެކަށީގެންވާ މުސާރައާ ފުރުސަތު ރާއްޖެއިން ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.