ތުހުމަތެއް ނެތް ސާފު ބޭފުޅުންނަށް އެމްޑީޕީގެ ހިންގުން ހަވާލުކުރަން އަލީ ވަހީދު ގޮވާލައިފި

"މިސާލު ދައްކަވައި މަގާމުތަކުން ދުރަށް ވަޑައިގެން ތުހުމަތެއް ނެތް ސާފު ބޭފުޅުންނަށް ޕާޓީ ހިންގުން ހަވާލުކުރައްވާ،" އަލީ ވަހީދުގެ ޕޯސްޓްގައި ވެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ތުހުމަތެއް ނެތް ސާފު ބޭފުޅުންނަށް އެމްޑީޕީގެ ހިންގުން ހަވާލުކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ގޮވާލައިފި އެވެ.

އަލީ ވަހީދު މިކަމަށް ގޮވާލީ އެކްސް ގައި ކުރި ޕޯސްޓެއް ގަ އެވެ. މިފަދަ ޕޯސްޓެއް އަލީ ކޮށްފައި މި ވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އިނގިރޭސިވިލާތަށް ކުރާ ދަތުރުގައި އަލީ ވަހީދު ބައިވެރި ކުރުމާއި ގުޅިގެން ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި އާންމުންނާއި އެ ޕާޓީގެ ބައެއް ސަޕޯޓަރުން އެކަމަށް ފާޑު ކިޔުމާއި ގުޅިގެންނެވެ.

އެކްސްގައި ޕޯސްޓެއް ކޮށް އަލީ ވަހީދު ފާޑު ކިޔާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދަށް ކަމަށް ބެލެވެ އެވެ. އަލީ ވިދާޅުވީ ލެޕްޓޮޕާއި ވައްކަމުގެ ތުހުމަތު އޮތް ބޭފުޅުން ޕާޓީ ތަމްސީލު ކުރުމުން ޕާޓީއަށް ގެއްލުން ވާ ކަމަށް އެފަދަ ބޭފުޅުން ވިދާޅުވާ ކަހަލަ ސުރުހީތައް ފެނުމީ ނުހަނު ހެޔޮ ފާލެއް ކަމަށެވެ.

"މިސާލު ދައްކަވައި މަގާމުތަކުން ދުރަށް ވަޑައިގެން ތުހުމަތެއް ނެތް ސާފު ބޭފުޅުންނަށް ޕާޓީ ހިންގުން ހަވާލުކުރައްވާ،" އަލީ ވަހީދުގެ ޕޯސްޓްގައި ވެ އެވެ.

ޝާހިދުގެ ދަތުރުގައި އަލީ ވަހީދު ބައިވެރިވީ އެމްޑީޕީ ތަމްސީލު ކުރަންތޯ އިބްރާހިމް ވަހީދު ވަނީ ރޭ ސުވާލު ކޮށްފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އިބްރޭ ވިދާޅުވީ އަލީ ވަހީދަކީ މިވަގުތު ޕާޓީގެ މަގާމެއްގައި ހުރި ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާ އެ ދަތުރުގައި ބައިވެރިވީ އެމްޑީޕީ ތަމްސީލު ކުރަންތޯ ސުވާލު ކުރި އެވެ. އެހެން ވެއްޖެނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ސުވާލަށް ފުރަތަމަ ޖަވާބު ދެއްވީ ޝާހިދެވެ. ސުވާލު ކުރެއްވީ ޕާޓީގެ ރައީސްގެ ބައްދަލްވުންތަކުގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅަން ޖެހެނީ އެމްޑީޕީގެ ސެކްރެޓޭރިއޭޓުންތޯ އެވެ. އަދި އަލީ ވަހީދުގެ ދިފާއުގައި ވިދާޅުވީ އެންމެ ފަހުން އޮތް މަޖިލީސް އިންތިހާބު ގައި އަލީ، އެމްޑީޕީގެ ޓިކެޓް ގައި ވާދަ ކުރި ކަމަށެވެ. 

ޝާހިދުގެ އެ ސުވާލުތަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ޝާހިދުގެ އެ ދަތުރަކީ ޕާޓީގެ ދަތުރެއް ނޫން ކަމަށާ އެއީ އަމިއްލަ ދަތުރެއް ކަމަށް ވިދާޅުވެ ފަ އެވެ.

ސުވާލުގެ ޖަވާބު ސާފުވެއްޖެ ކަމަށް ވިދާޅުވުމަށް ފަހު އިބްރޭ ވަނީ ޕާޓީއަށް "ޑެމޭޖް" ކުރާ އެއްޗެހި އެމްޑީޕީގެ ރަސްމީ އެކައުންޓްތަކުން ޕޯސްޓް ނުކުރަން ފައްޔާޒުގެ ކިބައިން އެދިފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ޓިކެޓް ގައި މަޖިލީސް އިންތިހާބު ގައި ވާދަކުރުމަކީ އެމްޑީޕީ ތަމްސީލު ކުރަން ފުުރުސަތު ލިބުން ނޫން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.