ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ތައިލޭންޑަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ނެގުމަކައި ނުލައި 60 ދުވަހު ތައިލޭންޑުގައި ތިބެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑުގެ އިމިގްރޭޝަންގެ އުސޫލުތަކަށް ގެނައި ބަދަލަކާ ގުޅިގެން، ޖުލައި 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލުއި ފަސޭހަތަކެއް ތައިލެންޑުން ހަމަޖައްސައިފައިވާ ކަމަށެވެ.
މިގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓްގައިވާ ގޮތުން ޗުއްޓީއަށާއި ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި ހުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ހާލަތެއް މެދުވެރި ވެއްޖެނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރު ކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސެއް ހޯދުމުގެ މުހިއްމު ކަމާއި ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.