ރައީސް ޑރ.މުއިއްޒު ރައީސް ސޯލިހަށް ތައުޒިޔާ ވިދާޅުވެއްޖެ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން، ރައީސް ސޯލިހާއި އެމަނިކުފާނުގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ރައީސް ސޯލިހު، ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހަސަންފުޅު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 80 އަހަރެވެ. 

އެކަމަނާގެ ބޭފުޅުންގެ ތެރޭގައި ރަައީސް ސޯލިހުގެ އިތުރަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މަަޖިލިސް މެންބަރު އަލީ ނިޔާޒާއި ރައީސް އޮފީހުގައި ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރެއްވި ފާތިމަތު މުހައްމަދު ސޯލިހާއި މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވަ އެވެ. 

މުއުމިނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން، ރައީސް ސޯލިހާއި އެމަނިކުފާނުގެ އާއިލާއަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުއާކުރެއްވުމާއެކު ރައީސް ސޯލިހުގެ މަންމާފުޅު މާތްﷲގެ ތަނަވަސް ރަހުމަތާއި ރުހިވޮޑިގަތުމާއި މަޣުފިރަތުގައި ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދިވަޑައިގެން ރައީސް ދުއާ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.