ޕޮލިހުގެ 32 ދަރިވަރަކު ކާނާ ވިހަވުން؛ ފަސް ދަރިވަރަކު އައިސީޔޫގައި، އެކެއްގެ ހާލު ސީރިއަސް

ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވެ އެޗެ. އޭގެ ތެރެއިން ފަސް ދަރިވަރަކު ވަނީ އައިސީޔޫ ގައި އެޑްމިޓް ކޮށްފަ އެވެ. އެއް ދަރިވަރެއްގެ ހާލު ސީރިއަސް އެވެ.

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކުއްލި ގޮތަކަށް ބަލިވުން
  •  ބެލެވެނީ ކާނާ ވިހަވީ ކަމަށް
  •  32 ދަރިވަރަކު އެޑްމިޓް ކޮށްފައި
  •  ފަސް ދަރިވަރަކު އޮތީ އައިސީޔޫ ގައި
  •  އެއް ދަރިވަރެއްގެ ހާލު ސީރިއަސް

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކުއްލި ގޮތަކަށް ބަލިވެ އޭގެ ތެރެއިން ފަސް ކުއްޖަކަށް އައިސީޔޫ ގައި ފަރުވާ ދޭން ފަށައިިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތި ކޮށްފައި ކަމަށެވެ. އަދި ބުނީ މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށްދަނީ ބަލަމުން ކަމަށެވެ.

ފަހުން ފުލުހުން ބުނީ ބެލެވެނީ ކާނާ ވިހަވީ ކަމަށެވެ. އަދި ފަރުވާ ދިނުމަށް ފަހު ދަރިވަރުން މިހާރު ދަނީ އަނބުރާ ކޮލެޖަށް ގެންނަމުން ކަމަށެވެ.

އޭގެ ފަހުން ފުލުހުން ބުނީ ޖުމްލަ 32 ދަރިވަރަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް ދަރިވަރަކު ވަނީ އައިސީޔޫ ގައި އެޑްމިޓް ކޮށްފައި ކަމަށާ އެއް ދަރިވަރެއްގެ ހާލު ސީރިއަސް ކަމަށެވެ.

އެ ދަރިވަރުން ކެއީ ކޮން އެއްޗެއް ކަމެއް އަދި ޕޮލިސް ކޮލެޖަށް ކާބޯތަކެތީގެ ހިދުމަތް ދެނީ ކޮން ތާކުން ކަމެއް ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.