ކޮމެޓީން މިރޭ ނިންމީ ކުރީން ވެސް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކާއި ވީއައިޕީ ލައުންޖުން ހިދުމަތް ހޯދޭ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކާއި ރަހްމަތެރީންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތް ހޯދޭ ގޮތަށް ފާސްކުރުމަށް އެ ނިންމުން މިރޭ ބަދަލުކޮށްފި އެވެ.
މަޖިލީހުގެ އާންމު ކޮމެޓީ މިއަދު އެއްވެ ނިންމީ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކާއި ރަހްމަތެރީންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތް ހޯދޭ ގޮތަށެވެ. އެއީ ނިމިދިޔަ 19 ވަނަ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ނުފޮނުވާ އޮތް ނިންމުމެކެވެ.
ކޮމެޓީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އާންމު ކޮމެޓީ މިރޭ ވަނީ އެއްވެފަ އެވެ. އެއީ ކުއްލި ބައްދަލްވުމެކެވެ. އެ ބައްދަލްވުން ބޭއްވީ ކޮމެޓީގެ ނިންމުން މިވަގުތަށް ރަނގަޅު ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލަފާ ދެއްވުމުން ކަމަށް ކޮމެޓީގައި ހިމެނޭ ސަރުކާރުގެ ޕީއެންސީ މެންބަރުން ވިދާޅުވި އެވެ.
ކޮމެޓީން މިރޭ ނިންމީ ކުރީން ވެސް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކާއި ވީއައިޕީ ލައުންޖުން ހިދުމަތް ހޯދޭ ގޮތަށެވެ. އެކުގައި ފުރަންދާ ރަހްމަތްތެރީންނަށް އެ ފުުރުސަތު ދިނުމަށް ނިންމި ބައި އުނި ކުރާށެވެ.
މަޖިލީހުގެ މެންބަރުންގެ މުސާރަ ކަނޑައަޅާ އިނާޔަތް ބޮޑު ކުރުމާ އެ ނޫން ނިންމުންތަކަށް އާންމު ރައްޔިތުންގެ ވަރަށް ބޮޑު ފާޑު ކިޔުމެއް އަބަދުވެސް އޮވެ އެވެ.