ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތި ކޮށްފައެވެ.
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކުއްލި ގޮތަކަށް ބަލިވެ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތި ކޮށްފައި ކަމަށެވެ.އަދި ބުނީ މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށްދަނީ ބަލަމުން ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުން ދަރިވަރުން ބަލިވީ ކެވުނު އެއްޗެއްގެ ސަބަބުންނެވެ. ފަހުން ފުލުހުން ބުނީ ބެލެވެނީ ކާނާ ވިހަވީ ކަމަށެވެ. އަދި ފަރުވާ ދިނުމަށް ފަހު ދަރިވަރުން މިހާރު ދަނީ އަނބުރާ ކޮލެޖަށް ގެންނަމުން ކަމަށެވެ.
އާންމުކޮށް މިފަދަ ގޮތަކަށް ގިނަ ބަޔަކު ބަލިވަނީ ކެވޭ އެއްޗެއްގެ ސަބަބުން ފުޑްޕޮއިޒަން ވެގެންނެވެ.