ނާއިބު މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
ހުވަދުއަތޮޅު އުތުރުބުރި -- ގއ އަތޮޅުގައި އައިޑީކާޑު ޕްރިންޓްކޮށް އައިޑީކާޑު ހެއްދުމާ އާކޮށް ދިނުމުގެ ހިދުމަށް ފަށަން ނިންމައިފި އެވެ.
އެގޮތުން ގއ. އަތޮޅު ކައުންސިލާ އެކު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަށް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއީ އަތޮޅު ކައުންސިލްއާ ދެމެދުގައި މިއަދު ވަނީ ފަހުމުނާމާއެއް ގައި ސޮއިކޮށްފަ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފަރާތުން މި ފަހުމުނާމާ ގައި ސޮއިކުރެއްވީ ޑީއެންއާރު ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަހްމަދު އާލީއެވެ. ގއ. އަތޮޅު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން އެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ މިއަދު މި ސޮއިކުރި ފަހުމުނާމާ އަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ފަހުމުނާގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން ނާއިބު މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ގއ. އަތޮޅު ކައުންސިލުން ކާޑު ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.