ހަނިމާދޫ އެއާޕޯޓް މަޝްރޫއު: 67 ޕަސެންޓް މަސައްކަތް ނިމިއްޖެ

އިންޑިއާގެ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ 67.5 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބޮޑު މަޝްރޫއު --

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ 67.5 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށިި މި މަޝްރޫ އަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ހިންގާ މަޝްރޫއު އެކެވެ. މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ ސަފީރު މުނޫ މަހާވަރު މިއަދު ވަނީ ހަނިމާދޫއަށް ވަޑަައިގެންފަ އެވެ.

އިންޑިއާގެ ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ 67.5 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބޮޑު މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުން
  •  2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ %97 މަސައްކަތް ނިމިފައި
  •  10500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގުގެ %51.4 ނިމިފައި
  •  3800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ %75 މަސައްކަތް ނިމިފައި
  •  ފިއުލްފާމް އަދި ފިއުލް ޖެޓީގެ %44.5 މަސައްކަތް ނިމިފައި
  •  މަގުތައް ހެދުމުގެ %50 ނިމިފައި
  •  އެމްއެންޑީއެފް މަރުކަޒުގެ %55 މަސައްކަތް ނިމިފައި

މިނިސްޓްރީން ބުނި ގޮތުގައި ރަންވޭ އަދި އޭޕްރަންގެ މަސައްކަތް މުޅީން ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރުގެ ނޮވެންބަރުގެ ނިޔަލަށެވެ. އަދި އެހެނިހެން އެންސިލަރީ ބިލްޑިންތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ވަނީ ނިމިފަ އެވެ. ގިނަ އިމާރާތްތަކުގެ މަސައްކަތް ނޮވެންބަރު މަހަށް ނިންމާ ހަވާލު ކުރެވޭނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ ބޮޑު މަޝްރޫއު

މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މާޗް 2025 ގެ ނިޔަލަށެވެ.

ހަނިމާދޫ މަޝްރޫއު ކުރުކޮށް

  •  އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  •  ޑިވެލޮޕާއަކީ އިންޑިއާގެ ޖޭއެމްސީ ކުންފުނި
  •  އެއާޕޯޓުގެ އޯނާޝިޕް: ރީޖަނަލް އެއާޕޯޓްސް / ރާއްޖެ
  •  މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  •  2.46 ކިލޯ މީޓަރުގެ ރަންވޭއެއް
  •  އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް
  •  2461.21 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީ

ތިލަދުންމަތީގައި މިހާރު ހަދަމުން ގެންދާ މި އެއާޕޯޓަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ފާސްޓް މަޝްރޫއު އެވެ. މި މަޝްރޫއަކީ މާލޭން ބޭރުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މި މަަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ޖައްސައި ފުރޭ ގޮތަށެވެ. މިތަން ނިމުމުން އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.