އަޒްމީލަށް އަނިޔާވި ގޮތް ކިޔައިދީފި، މިހާރު އޮތީ ވެންޓިލޭޓަރު ގައި

މި ހާދިސާގައި އޭނާގެ ބޯފަޅައިގެން ގޮސް އަނިޔާތަކެއް ލިބުނެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެނީ އިންޓެންސިވް ކެއާ ޔުނިޓްގެ ވެންޓިލޭޓަރުގައި ކަަމަށް ވެސް ބުންޏެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ -- މިންނު އާދަމް ހަލީމް | މި

ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މުހައްމަދު އަޒްމީލް ޖަލީލަށް އަނިޔާވީ އޭނާ ދިރިއުޅޭ ގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުން ފިލަން އުޅުމުގެ އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުނެފި އެވެ.

އަޒްމީލަށް އަނިޔާވި ހާދިސާއާ ގުޅިގެން ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ އުމުރުން 38 އަހަރުގެ އެ މީހާ ބަންދުގައި ބަހައްޓައިގެން ޖުލައި 16 ވަނަ ދުވަހު ޑްރަގް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހައްޔަރު ކުރަން ފުލުހުން ދިއުމުން ފިލަން އުޅުމުގެ ތެރޭގައި އަނިޔާވެ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަޒްމީލަށް އަނިޔާވެފައި ވަނީ ޖުލައި 15 ވަނަ ދުވަހު މެންދުރު ފަހު 2:15 ހާއިރު ފުލުހުން އޭނާ ދިރިއުޅޭ ފެއަށް ދިއުމުން ތައްޔާރު ވެގެން އަންނަން ވަގުތުކޮޅެއް ދޭން ބުނުމަށް ފަހު އެެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުން ފިލަން އުޅުމުގެ އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އޭނާގެ ބޯފަޅައިގެން ގޮސް އަނިޔާތަކެއް ލިބުނެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެނީ އިންޓެންސިވް ކެއާ ޔުނިޓްގެ ވެންޓިލޭޓަރުގައި ކަަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އަޒްމީލަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ހިދުމަތުގެ މާލޭ ކަސްޓޯޑިއަލް އަށް ގެންގޮސް އެތަނުގެ މެޑިކަލް އޮފިސަރު ބެލުމަށް ފަހު އެ ދުވަހުގެ 3:05 ހާއިރު ކަމަށެވެ.

އެކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ކަންބޮޑުވުންފާޅުކޮށް އާއިލާ އިން ޝަކުވާ ހުށައަޅާފައިވާތީ ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި އެޗްއާރުސީއެމުގައި އެދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަޒްމީލްގެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އޭނާ ވެއްޓި ބޯފަޅައިގެން ގޮސް އަނިޔާވުމުން ވެސް ހޮސްޕިޓަލަށް ނުގެން ގޮސް ފުރަތަމަ ކަސްޓޯޑިއަލަށް ގެންދިއުމުންނެވެ. ފަރުވާ ލަސްވި ކަަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.