އެމްޑީޕީގެ "ރޯޑްމެޕް" އަށް މެންބަރުންގެ ހިޔާލު ހޯދުމަށް ދަތުރުތައް ފަށައިފި، ފުރަތަމަ އައްޑޫއަށް

ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ޓީމު މިއަދު ވަނީ އައްޑޫ ސިޓީއަށް ދަތުރުކޮށްފަ އެވެ. މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީ ތަމްސީލު ކުރާ އައްޑޫ ސިޓީގެ މެންބަރުން ހިމެނެ އެވެ.

"އެމްޑީޕީ ރޯޑްމެޕް" އަށް މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތައް ފެށުން

އިދިކޮޅު މައި ޕާޓީ "އެމްޑީޕީ ރޯޑްމެޕް" އަށް މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރާ ސިލްސިލާ ދަތުރުތައް މިއަދު ފަށައިފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ "ރޯޑްމެޕް" އެކުލަވާލަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. މިއަދު ފެށި ސިލްސިލާ ދަތުރުތައް މުޅި ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ޓީމު މިއަދު ވަނީ އައްޑޫ ސިޓީއަށް ދަތުރުކޮށްފަ އެވެ. މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީ ތަމްސީލު ކުރާ އައްޑޫ ސިޓީގެ މެންބަރުން ހިމެނެ އެވެ.

ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް އެ ޕާޓީން ފަށާފައި މިވަނީ ނިމިދިޔަ ބޮޑު ދެ އިންތިހާބުން އެ ޕާޓީ ބަލިވުމާއި ގުޅިގެންނެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުން އެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި އެމްޑީޕީގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. އެމްޑީޕީން އޭރު ޖެހި ހިސާބުން ބޮޑުކޮށް އިންތިހާބު ކާމިޔާބު ކުރެވި އެ ޕާޓީއަށް ދެވަަނަ ދައުރެއް ލިބެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ރައީސް ސޯލިހްގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

އޭގެ ހަތަރު / ފަސް މަހެއް ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވެސް އެމްޑީޕީއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ. އެއީ ޕާޓީގެ ހަޔާތުގައި ކުރިމަަތިވި އެންމެ ބޮޑު ނާކާމިޔާބެވެ. މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އެ ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ. އެމްޑީޕީގައި ނުފޫޒު ގަދަ / ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ އެ ޕާޓީގެ ހުރިހާ ބޭފުޅުންނަށްހެން ގޮނޑި ގެއްލިވަޑައިގަތެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ އެމްޑީޕީގެ ލީޑާޝިޕް ބަދަލު ކުރަންވީ ވަގުތެވެ. ނަމަވެސް އެކަމާ ޕާޓީގެ ލީޑާޝިޕް ދެކޮޅު ހަދަ އެވެ. އާންމު މެންބަރުންގެ ވިސްނުމާ އެއްގޮތަށް އެ ޕާޓީ ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ޗެއާޕާސަން ފައްޔާޒު ދެއްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.