ގަވަރުނަރު ވަޑައިނުގެންނެވި، ހުށަހެޅުއްވީ ސިޓީއަކުން ސުވާލުތަކަށް ޖަވާބުދެއްވަަން

މިއަދު 11:00 އަށް މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ދިން ފަހު ފުރުސަތާ ގުޅިގެން ގަވަރުނަރު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުވެސް ކޮމިޓީއަށް ވަޑައިގެންނެވެން ނެތް ކަމަށެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައި --

މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސުވާލު ކުރަން ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އެންގެވުމުން މިއަދުވެސް އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގެންނެވި އެވެ. 

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ނާޒިމު އެފަދައިން ހުށަހެޅުއްވީ ސަރުކާރަށް ބޭނުންވާ މާލީ ލަފާ އެމްއެމްއޭއިން ނުދޭތީ ކަމަށް ވިދާޅުވެ އެވެ. 

އެ މައްސަލައާ ގުޅިގެން މިހާތަނަށް ކޮމިޓީން ދިން ދެ ފުރުސަތުގައިވެސް ގަވަރުނަރު މަޖިލީހަށް ވަޑައިގެންފައިނުވާތީ އިއްޔެ ކޮމިޓީން ނިންމީ ގަވަރުނަރަށް ފަހު ފުރުސަތު ދިނުމަށެވެ. 

މިއަދު 11:00 އަށް މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ދިން ފަހު ފުރުސަތާ ގުޅިގެން ގަވަރުނަރު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުވެސް ކޮމިޓީއަށް ވަޑައިގެންނެވެން ނެތް ކަމަށެވެ. އަދި ކުރިން ފޮނުއްވި ޖަވާބާ ގުޅިގެން ކޮމިޓީން ސުވާލެއް ކުރަން ބޭނުންވާނަމަ ލިޔުމުން ސުވާލު ފޮނުވުމުން ލިޔުމުން ޖަވާބުދެއްވާނެ ކަމުގައި ގަވަރުނަރު ވިދާޅުވި އެވެ. 

ނާޒިމު ގަވަރުނަރު ވަކިކުރަން ލަފާ ދިނުމަށް ހުށަހެޅުއްވީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވަ އެވެ. އެގޮތުން ސަރުކާރަށް ބޭނުންވާ ލަފާ ނުދޭ ކަމަށާއި، އެމްއެމްއޭގައި ބޭންކުތަކުން ބަހައްޓަންޖެހޭ ފައިސާ އިތުރުކުރަން ބާރުއެޅުއްވުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ލޯނު ދޫކުރަން ހުރި ފައިސާ މަދުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެ ތުހުމަތުތަކށް ލިޔުމުން ދެއްވި ޖަވާބުގައި ގަވަރުނަރުވަނީ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ކުރީ ސަރުކާރަށާއި މި ސަރުކާރަށް އަރުވާފައިވާ ލަފައާއި ސަރުކާރާއެކު އެމްއެމްއޭއިން މިހާތަނަށް ކުރި މަސައްކަތްތައް ތަފުސީލުކޮށްދެއްވާފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު މަގާމުން ވަކިކުރަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.