ބާ ކައުންސިލުގެ ހިންގާ ކޮމިޓީން ބަންޑާރަނައިބު އުނިކުރަން ހުށަހަޅައިފި

ބިލުގައި ބުނެފައިވަނީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރާނީ ރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އިންތިގާލީ އޮފީހުން ބަދަލުހޯދައިދޭން ނިންމި 30 މައްސަލައެއް އޭޖީ އޮފީހުގައި އެބަ އޮތް --

ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ މެންބަރުގެ މަގާމުގައި ބަންޑާރަނައިބު ނުހިމެނޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި ބިލު ހުށަހެޅި ސަބަބެއްކަމަށް ބިލުގައި ބުނެފައިވަނީ ބަންޑާރަނައިބުގެ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކުރުމެވެ. 

އެ ބަދަލުގެ މައިގަނޑު ބޭނުމަކީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބުރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުންކަމަށް ބިލު ހުށަހެޅި ސަބަބުގައި ބުނެފައިވެ އެވެ. 

އަދި އެ އިސްލާހު ގެނައުމުން ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޒީމުކޮށް ހިންގަނީ، އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިންވަންކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދުންކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. 

އެ ބަދަލުގެ އިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރުު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށް ބުނެވިދިޔަ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް ބިލުގައި ހިމެނެ އެވެ. 

ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ބާ ކައުންސިލުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރާނީ ރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާނެ އެވެ. އަދި އެއަށްފަހު ބިލާމެދު ބަހުސްކުރަން ފެށޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.