ފާއިތުވި ޖޫން މަހުގައި ދުވާލަކު އެވެރެޖުކޮށް ރާއްޖެއަށް އައީ 4،109 ފަތުރުވެރިންނެވެ. މޭ މަހުގައި އެވެރެޖުކޮށް ދުވަހަކު އައީ 3،867 މީހުންނެވެ. މި އަހަރުގެ ޖުލައި އެކަކުން 15 އަށް އެ އަދަދުވަނީ 5،122 ރުފިޔާއަށް އިތުރުވެފަ އެވެ.
ޖުލައި މަހުގެ ފުރަތަމަ 15 ދުވަހުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ދުވާލަކު އެވެރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު ޖޫން މަހާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.
ޓުއަރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރާ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 76،837 ފަތުރުވެރިންނެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 68،723 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރު އެ މުއްދަތުގައި އައީ 66،830 ފަތުރުވެރިންނެވެ. ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ޖުލައި މަހުގެ ފުރަތަމަ ފަނަރަ ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތަ އިތުރުވެފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވުމަށްފަހު، އޭޕްރީލު މަހުން ފެށިގެން ފަތުރުވެރިކަމުގެ އޮފް ސީޒަން ފެށި ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.
ފާއިތުވި ޖޫން މަހުގައި ދުވާލަކު އެވެރެޖުކޮށް ރާއްޖެއަށް އައީ 4،109 ފަތުރުވެރިންނެވެ. މޭ މަހުގައި އެވެރެޖުކޮށް ދުވަހަކު އައީ 3،867 މީހުންނެވެ. މި އަހަރުގެ ޖުލައި އެކަކުން 15 އަށް އެ އަދަދުވަނީ 5،122 ރުފިޔާއަށް އިތުރުވެފަ އެވެ.
މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ފަތުރުވެރިންގެ އަދަދުވަނީ 1،092،366 (އެއް މިލިއަން ނުވަދިހަ ދެ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަހާސް) މީހުންނެވެ.