ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނުގެ ހާއްސަ ދާއިމީ މައުރަޒެއް ގާއިމު ކުރާނަން: ރައީސް

"މާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން ވެސް އަޅުގަނޑު ގަސްތު ކުރަން"

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި މިރޭ އޮތް ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ޒަމާނީ ޓެކްނޮލޮޖީއާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނުގެ ހާއްސަ ދާއިމީ މައުރަޒެއް ގާއިމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި މިރޭ އޮތް ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެ ގޮތުން މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަން ކުރުމާއި ހިތްވަރުދިނުމުގެ ގޮތުން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު އަދި ވިދާޅުވި އެވެ؛

"މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން ވެސް އަޅުގަނޑު ގަސްތު ކުރަން. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ވެސް ހަގީގަތަކަށް ހަދާނަން،" 

މީގެ އިތުރުން ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި މުބާރާތަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.