އަންނަ އަހަރުން ފެށިގެން ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތަށް ވާނެ: ރައީސް

"އިރާދަކުރެއްވިއްޔާ ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން،"

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އަށް ރައީސް ވަޑައިގެންނެވުން
  •  އެންމެ ގިނަ އިނާމު ދެވޭ މުބާރާތަށް ވާނެ
  •  އެންމެ އަގު ބޮޑު އިނާމު ދެވޭ މުބާރާތަށް ވާނެ
  •  ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ގާއިމު ކުރަނީ
  •  ހާފިޒުންގެ އިނާޔަތް ބޮޑު ކުރާނެ

ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައް ދެވޭ، އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި އަންނަ އަހަރުން ފެށިގެން ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި މިރޭ އޮތް ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެ ގޮތުން މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަން ކުރުމާއި ހިތްވަރުދިނުމުގެ ގޮތުން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި މުބާރާތަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމު ކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކީރިތި ގުރުއާނަށް މި ދިވެހި ފަސްގަނޑުން ހައްގު މަތިވެރި ދަރަޖަ އާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެ ކަމަށެވެ.

ހާފިޒުންގެ އިނާޔަތް ބޮޑު ކުރަނީ

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ. އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުޑަ އިރު ކީރިތި ގުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރު ކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ މަތިވެރި އަމާނާތް ދިވެހި ރައްޔިތުން ހަވާލުކުރެވުމުން އެމަނިކުފާނު ދިވެހި ދައުލަތް ހިންގަން ބޭނުންފުޅު ވަނީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ދިވެހީންނަށް އެންމެ މަސްލަހަތާއި ރައްކާތެރިކަން ހުރި ގޮތަށް ކަމަށް ވިދާޅުވި އެވެ.

"...އެ ގޮތުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުމަކީ އަޅުގަނޑު އެންމެ އިސްކަން ދޭނެ ގައުމީ އެއް ވާޖިބު. އެ ކަމަށް ޓަކައި ކީރިތި ގުރްއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މާލޭގައި ހުރީ ދާރުލް އީމާންގެ ނަމުގައި ހުރި ވަގުފު އިމާރާތުގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުމަށް ޓަކައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ދާރުލްއަރްގްމްގެ ނަމުގައި އެހެން ވަގުފު ބިނާއެއް އިމާރާތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.