ގުރުއާނާބެހޭ މަރުކަޒަށް އާ އިމާރާތެއް، ހިލޭ ގުރުއާން ކިޔަވައިދޭ ކުލާސްތައް މުޅި ރާއްޖެއަށް

ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އަށް ރައީސް ވަޑައިގެންނެވުން

ހިލޭ ގުރުއާން ކިޔަވައިދޭ ކްލާސްތައް އިތުރުކޮށް މުޅި ރާއްޖެއަށް އެކަން ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެ ގޮތުން މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަން ކުރުމާއި ހިތްވަރުދިނުމުގެ ގޮތުން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކީރިތި ގުރްއާން އުނގަންނާ ދިނުމަށް، ގުރްއާނަށް ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯގެ ވައުދުތަކާ އެއް ގޮތަށް އެ ފުޅާ މިނުގައި ގުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ކީރިތި ގުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތް ކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އަށް ރައީސް ވަޑައިގެންނެވުން

އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ އިތުރަށް އިރާދަކުރެއްވިއްޔާ ކީރިތި ގުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުން ފެށިގެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމު ކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަށެވެ. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.