ބޭރުގައި ކުރާ ކައިވެނި ދެ މަސްތެރޭ ރަޖިސްޓްރީ ކުރަން ހުށައަޅަން ޖެހޭނެ

ކައިވެނި ރަޖިސްޓްރީ ކުރަން ހުށައަޅަން ވާނީ ގާނޫނާއި ގަވާއިދު ގައި ބުނާ ލިޔެކިޔުންތަކާ އެކު އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.

ފެމެލީ ކޯޓްގެ ބޭރުގެ ބަޔަކު މަޑުކޮށްލައިގެން

ކައިވެނި ކުރި ގައުމުގައި ރާއްޖޭގެ ރަސްމީ އޮފީހެއް ހުރިނަމަ ކައިވެނި ކުރާތާ ދެ މަސްތެރޭގައި ރަޖިސްޓްރީ ކުރަން ހުށައަޅަން ޖެހޭނެ ކަން ފެމެލީ ކޯޓުން ހަނދާން ކޮށްދީފި އެވެ.

ފެމިލީ ކޯޓުން މިއަދު ބުނީ އެފަދަ އޮފީހެއް ނެތް ގައުމެއް ނަމަ ކައިވެނި ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރަން ކޯޓަށް ހުށައަޅަން ވާނެ ކަމަށެވެ. އެ މުއްދަތު ހަމަވާ ފަހުން ކަނޑައެޅިފައިވާ ލިޔެކިޔުންތަކާ އެކު ހުށައަޅައިފިނަމަ ކައިވެނި ރަޖިސްޓްރީ ކޮށްދޭނެ ކަމަށާ ނަމަވެސް އެ ހާލަތުގައި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް 1000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ބުންޏެވެ.

ކައިވެނި ރަޖިސްޓްރީ ކުރަން ހުށައަޅަން ވާނީ ގާނޫނާއި ގަވާއިދު ގައި ބުނާ ލިޔެކިޔުންތަކާ އެކު އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.

ރާއްޖެ އިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ލިޔެކިޔުންތަކާ އެކު ކޯޓަށް ހުށައެޅުމުން ރަސްމީ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި އެ ކައިވެންޓެއް ކޯޓުގައި ރަޖިސްޓްރީ ކޮށް ދޭނެ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.