ކަޅުބިލަމަސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން މިފްކޯ ފިހާރަތަކުން ވިއްކާ ކަޅުބިލަމަހުގެ ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދޭ މިންވަރު ދަށްވެފައި އޮތްކަން މިފްކޯއިން ފާހަގަކުރި އެވެ.
ރާއްޖޭގައި މަސްވެރިކަން ދަށްވެ މިފްކޯގެ ފިހާރަތަކުން މަހުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
މިފްކޯ މަސްފިހާރަތަކުން މަހުގެ ބާވަތްތައް ލިބުމުގައި ދަތިވެ ބައެއް ފިހާރަތަކުން ދަޅު މަސް ގަންނަން ނުލިބޭތީ އާންމުން އަންނަނީ މީސްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންނެވެ.
އަދި މިފްކޯއިން މަސް ކިރުވާ އަގަށް ގެނައި ބަދަލާއެކު ބައެއް މަސްވެރިން މިހާރު މަސްވެރިކަން ދޫކޮށްލައި، ބައެއް މަސް ދޯނިފަހަރުތައް މަހަށް ނުފުރާކަމަށް ބައެއް އިދިކޮޅު ފަރާތްތަަކުން އަންނަނީ އަޑު ފަތުރަމުންނެވެ.
މިވާހަކަތަކާ ގުޅިގެން މިފްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަސްފިހާރަތަކުން ކަނޑު މަހުގެ ބާވަތްތައް މަދުވެފައިވަނީ މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކން ދަށްވުމުގެ ސަބަބުން ކަމަށެވެ. އަދި މިފްކޯއަށް ކިރާ މަސް މަދުވުމުން ކަމަށެވެ.
އަދި ދަޅުމަސް ވިއްކުމުގައި ހިފަހެއްޓުންތަކެއް މިފްކޯއިން ގެންގުޅޭ ވާހަކަ ދޮގުކުރައްވައި މީޑިއާ އޮފިޝަލު ވިދާޅުވީ މިފްކޯއިން މަސްދަޅު ވިއްކުމުގައި އެއްވެސް ހިފަހެއްޓުމެއް ނުގެންގުޅޭ ކަމަށެވެ.
ނަމަވެސް ކަޅުބިލަމަސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން މިފްކޯ ފިހާރަތަކުން ވިއްކާ ކަޅުބިލަމަހުގެ ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދޭ މިންވަރު ދަށްވެފައި އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް މަސް ކިރުވާ މިންވަރު އިތުރުވުމާއެކު އެ އުފެއްދުންތައްވެސް އިތުރުވާނެކަމަށް މިފްކޯއިން ބުންޏެވެ.
ކަޅުބިލަމަސް ކިރުވާ މިންވަރު މަދުވި ނަމަވެސް ކަންނެލި ކިރުވާ މިންވަރު މަދުވި ނަމަވެސް ކަންނެލި ކިރުވާ މިންވަރަށް ބޮޑު އަސަރެއް ނުކުރާތީ ކަންނެލީގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯ ފިހާރަތަކުން ލިބޭނެ އެވެ.