ތައި ޑޭކެއާ ސެންޓަރަކަށް ވެދެ ހަމަލާދީ 23 ކުޑަކުދިން މަރައިފި

ހަމަލާ ދިން ކުރީގެ ފުލުސް މީހާ ފުލުސް ވަޒީފާއިން ކުރިން ވަކިކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައަކާ ގުޅިގެނެވެ. އޭނާ ޑޭކެއާ ސެންޓަރަށް ވަދެެގެ ކުދިންތައް މަރައިލާފައި ވަނީ ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުވުމަށް ފަހު އޭނާގެ ދަރިފުޅު ބަލައެވެ.

މަރާލި ބައެއް ކުދިންގެ ސަންދޯއްތައް: މި ހަމަލާ ދިން މީހާ ވަނީ އޭނާގެ ދަރިފުޅާއި އަންހެނުންވެސް މަރާލައި އޭނާ އަމިއްލައަށް މަރުވެފައި

ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ އިރު އުތުރުން ނޮންގް ބުއާ ލިމް ޕޫ ޕްރޮވިންސްގެ ރަށެއް ކަމަށްވާ އުތައި ސަވަންގެ ޑޭކެއާ ސެންޓަރަކަށް ހަތިޔާރާއެކު މީހަކު ވަދެގެނެ އެ ތަނުގައި ތިބި ކުދިންނަށް ހަމަލާދީ 37 މީހަކު މަރާލައިފި އެވެ. އޭގެ ތެރޭގައި 23 ކުޑަކުދީން ހިމެނެ އެވެ.

މިއީ ތައިލެންޑްގެ މި ޒަމާނުގައި މިފަދައިން ހިންގާފައިވާ އެންމެ ބިރުވެރި ލާއިންސާނީ ހާދިސާ އެވެ. އަދި ދުނިޔޭގައި ވެސް މި ފަހުން އެކަކު ނުކުމެ މިހާ ގިނަ އަދަދެއްގެ ކުޑަކުދިން މަރައިލި ފުރަތަމަ ހާދިސާ ވެސް މެއެވެ.

އަނިޔާވެރި އަދި ލާއިންސާނީ މި އަމަލު ހިނގި އިރު އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ 30 ކުއްޖަކު އެ ސެންޓަރުގައި ތިއްބެވެ. ކުރީން ފުލުހަކަށް އުޅުނު އެ މީހާ، ޕަންޔާ ހަމްރަބު ވަދެގަ ނެ ބަޑި އާއި ވަޅި ބޭނުންކޮށް ހަމަލާ ދިން އިރު އެ ކުދީން ތިބީ ނިދާފަ އެވެ. އޭނާ ވަނީ ހަމަލާ ދީ ކުޑަކުދިންތައް މަރައިލުމަށް ފަހު އެނބުރި ގެއަށް ގޮސް އޭނާގެ އޭނާގެ އަނބިމީހާއާއި ދަރިފުޅު މަރާލައި އޭނާގެ ފުރާނަ އަމިއަލައަށް ދުއްވާލާފަ އެވެ.

ހަމަލާ ދިން ކުރީގެ ފުލުސް މީހާ ޕަންޔާ ހަމްރަބު

ހަމަލާ ދިން ކުރީގެ ފުލުސް މީހާ ފުލުސް ވަޒީފާއިން ކުރިން ވަކިކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައަކާ ގުޅިގެނެވެ. އޭނާ ޑޭކެއާ ސެންޓަރަށް ވަދެެގެ ކުދިންތައް މަރައިލާފައި ވަނީ ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުވުމަށް ފަހު އޭނާގެ ދަރިފުޅު ބަލައެވެ. ނިދާފައި ތިބި ކުޑަކުދިންނަށް ހަމަލާ ދީފައި ވަނީ އެ ވަގުތު އޭނާގެ ދަރިފުޅު ނެތިގެނެވެ.

މޫސުން ގޯސްވެފައި އޮތުމުން ސެންޓަރަށް އޭނާގެ ދަރިފުޅު ގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.