މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފި

ފުލުހުންގެ ހިދުމަތުގެ މީޑިއާ އޮފިޝަލް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި އަމީނީ މަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކުރީ ރޭ މެންދަމު 3:06 ހާއިރު އެވެ.

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓު ކުރިމަތީ ވަރަށް ގިނައިން މުޒާހަރާ ކުރޭ

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލައިގެން ފުލުހަށް އެކަން ރިޕޯޓުކޮށްފި އެވެ. 

ފުލުހުންގެ ހިދުމަތުގެ މީޑިއާ އޮފިޝަލް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި އަމީނީ މަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލައިފައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކުރީ ރޭ މެންދަމު 3:06 ހާއިރު އެވެ. 

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލައިގެން ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާއިރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލަށް ވާގިވެރިވާ ބްރޭންޑުތައް ބޮއިކޮޓުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަމުންދާ ހަރަކާތުގެ އެއް އަމާޒުފަތްގަނޑަކީ ކޭއެފްސީ އެވެ. 

ރާއްޖޭގައިވެސް ކޭއެފްސީ ހިމެނޭހެން އިސްރާއީލަށް ވާގިވެރިވާ ވިޔަފާރިތަކާއި ބްރޭންޑުތައް ބޮއިކޮޓު ކުރުމަށް ގޮވައިލާ ހަރަކާތް ހިންގަމުންދެ އެވެ. މި ހަރަކާތުގައި އިސްކޮށް އުޅެނީ ޒުވާނުންނެވެ. 

ދޭތެރެއަކުން އަމީނީ މަގުގައި ހުންނަ ކޭއެފްސީއާއި ޕިއްޒާ ހަޓް ކައިރީ އިހުތިޖާޖުކޮށް، އެ ބްރޭންޑުތައް ބޮއިކޮޓު ކުރުމަށް ގޮވައިލާ ޒުވާނުންގެ ބަޔަކު އަންނަނީ މުޒާހަރާކޮށް އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް މުޒާހަރާއެއްގައި މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގާފައިނުވެ އެވެ. 

ރޭ ދަންވަރު ކޭއެފްސީ ބިއްލޫރިގަނޑު ތަޅައިލި މައްސަލަ ފުލުހުންގެ އިދާރާއިން ބަލަމުންދާ ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.