ކުޑަކުއްޖަކާ ބެހުނު މީހަކު 14 އަހަރަށް ޖަލަށް ލައިފި

އެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރި މާއްދާގެ ދަށުން ހައްމާދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ 14 އަހަރުގެ ޖަލު ހުކުމެއް ކަމުގައިވެސް އެ ކޯޓުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓު: ފޯނެއްގެ ފާސްވޯޑް ޖަހައިނުދިން މީހަކު ވަނީ ޖޫރިމަނާ ކޮށްފައި

ކުޑަކުއްޖަކާ ބެހުނު މީހަކު 14 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

ކުރިމިނަލް ކޯޓުގެ ވެބްސައިޓުގައި އެ މައްސަލާގައި ހުކުމްކުރިކަމުގެ ހަބަރު ޝާއިއުކުރި ނަމަވެސް އެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ޝާއިއު ނުކުރެ އެވެ. 

ކުރިމިނަލް ކޯޓުން ބުނި ގޮތުގައި ކުޑަކުދިންނާ ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދައުލަތުން ދައުވާ އުފުލާފައިވަނީ އިސްމާއީލް ހައްމާދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ. 

އެ ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގައި އޭނާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލިކަމުގެ ކުށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ. 

އެ ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރި މާއްދާގެ ދަށުން ހައްމާދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ 14 އަހަރުގެ ޖަލު ހުކުމެއް ކަމުގައިވެސް އެ ކޯޓުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.