ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އަނިޔާވެ ފަރުވާ ދެނީ، މައްސަލަ ބަލަނީ

އަނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަކީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ހާޒިރު ކުރުމަށް ހައްޔަރު ކުރަން އުޅުނު މީހެކެވެ.

ފުލުހުންގެ އިދާރާ -- ދަ މިރާ

ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންނަން ކުރި މަސައްކަތުގައި އެ މީހާއަށް އަނިޔާވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އަނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަކީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ހާޒިރު ކުރުމަށް ހައްޔަރު ކުރަން އުޅުނު މީހެކެވެ.

ފުލުހުންގެ ތަރުޖަމާން / އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން މިރޭ ވިދާޅުވީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް ޖުލައި 16 ވަނަ ދުވަހު ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމުގެ ތެރޭގައި އެމީހާއަށް ވަނީ އަނިޔާވެފަ އެވެ. އެ މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.

މި ހާދިސާ ގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއިލާ އިން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށް ފުލުހުންނާ ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޓްސް ކޮމާންޑް އަދި ނެޝަނަލް އިންޓްގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެ މީހާ ފުރާޅެއްގެ މަތީން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ. އެ މީހާގެ ހާލު ދެރަ ކަމަށް ވެސް ވެ އެވެ. ފުރާޅުމަތީން ވެއްޓުނީ ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.