މޭޔަރުންނާއި ކައުންސިލު ރަައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދަން މަޝްވަރާ ކޮށްފި

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި މި މަޝްވަރާތައް މިއަދު އޮތް އެލްޖީއޭގެ ބައްދަލްވުމުގައި ވަނީ ކޮށްފަ އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް

މޭޔަރުންނާއި ކައުންސިލު ރަައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދުމުގެ މަސައްކަތް ފެށުމަށް މަޝްވަރާ ކޮށްފި އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް / އޮފިޝަލް ޕާސްޕޯޓް ދިނުމާ މެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކު ގައި މަސައްކަތް ކުރުމަށް މަޝްވަރާ ވަނީ ކުރެވިފަ އެވެ.

މޭޔަރުންނާއި ކައުންސިލު ރަައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދުމުގެ މަސައްކަތް ފެށުމަށް މަޝްވަރާ ކޮށްފައިވާއިރު ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނަށް ބަދަލު ގެނެސް ކައުންސިލްތަކުގައި ހިމެނޭ މެންބަރުންގެ އަދަދު މަދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ވަރަށް އަވަހަށް ގާނޫނަށް އިސްލާހު ހުށައަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދަދު މަދުކުރުމުގެ ފުރިހަމަ ތަފްސީލެއް ސަރުކާރުން އަދި ނުދެ އެވެ. ރައީސް ވިދާޅުވީ އާބާދީ މަދު ރަށްތަކަށް ދެ ކައުންސިލަރުން ތިބުން ރަނގަޅު ކަމުގަ އެވެ. މިހާރު އޮތް ގޮތުން އާބާދީ ކިތަންމެ މަދަސް ފަސް ކައުންސިލަރުން އިންތިހާބު ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.