އެކުވެރިޔާ ޒަހަމުކޮށްލައި ފިލަން ދުވާފަރަށް ؛ މިހާރު ހައްޔަރަށް

ވެލިދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި އެ މަރުކަޒަށް އެ ޒުވާނާ ގެންދިޔަ އިރުވެސް އެއް ފައިގެ ހަރަކާތް ނުކުރެވޭ ކަމަށް އޭނާ ބުނަމުން ދިޔަ ކަމަށެވެ. ފައިގެ ހަރަކާތް ކުރުން ހުއްޓުނީ ބުރަކަށްޓަށް ދިން ހަމަލާއާ ގުޅިގެން ކަމަށް ބެލެވެއެވެ.

ނ. ވެލިދޫ: އެ ރަށުގައި ނުރައްކާތެރި މާރާމާރީއެއް ވަނީ ހިންގާފައި

ނ. ވެލިދޫގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހާ ހައްޔަރު ކޮށްފި އެވެ. އެ މީހާ ހައްޔަރު ކުރީ ހަމަލައަށް ފަހު ފިލައިގެން އުޅެނިކޮށެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ މެންދަމު 12:30 އެހާކަންހާއިރު ވެލިދޫގައި ހިނގި މާރާމާރީގައި ޒަހަމުކޮށްލާފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އެ މާރާމާރީއަކީ ދެ އެކުވެރިއެއްގެެ މެދުގައި ޖެހުނު މައްސަލައެއް ގޯސްވެ އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީ އެކެވެ.

އެނގިފައިވާ ގޮތުގައި އެކުވެރި ޒުވާނާ ޒަހަމް ކޮށްލުމަށް ފަހު އޭނާ ފިލައި ރ. ދުވާފަރަށް ދިޔައީ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އެ ރަށުގައި ފިލައިގެން އުޅެނިކޮށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު "މި" ނޫހަށް ވިދާޅުވީ އެ މީހާ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 15 ދުވަހުގެ ބަންދެއް ވެސް ޖަހައި ދީފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ބުންޏެވެ.

ޒަހަމް ކޮށްލި ޒުވާނާގެ ފައިގެ ހަރަކާތެއް ނެތް

މާރާމާރީގައި ޒަހަމްވި ޒުވާނާ އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާއިރު އެ ޒުވާނާގެ އެއް ފައިގެ ހަރަކާތެއް އަދި ނެތެވެ.

ވެލިދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި އެ މަރުކަޒަށް އެ ޒުވާނާ ގެންދިޔަ އިރުވެސް އެއް ފައިގެ ހަރަކާތް ނުކުރެވޭ ކަމަށް އޭނާ ބުނަމުން ދިޔަ ކަމަށެވެ. ފައިގެ ހަރަކާތް ކުރުން ހުއްޓުނީ ބުރަކަށްޓަށް ދިން ހަމަލާއާ ގުޅިގެން ކަމަށް ބެލެވެއެވެ. ހަމަލާ އަމާޒުކޮށްފައި ވަނީ ސީދާ މައިބަދައަށެވެ. އަދި އޭގެ އިތުރުން ބޮލަށް ވެސް ތޫނު އެއްޗަކުން ހަމަލަތައް ދިނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.