ގަވަރުނަރު އާލާސްކަންފުޅާ، ވިދާޅުވީ އިރުޝާދުތައް ސަރުކާރުތަކުން އަޑުނޭހި ކަމަށް

އެ ސިޓީފުޅުގައި ގަވަރުނަރު ވިދާޅުވެފައިވަނީ، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ތަކުރާރުކޮށް ދެއްވި ނަމަވެސް އެއިރު ސަރުކާރުން އެ އިރުޝާދުތައް އަޑުނޭހި ކަމަށެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައި --

މިއަދު އާލާސްކަންފުޅާ އުޅުއްވާތީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކޮމިޓީއަށް އަންގަވައިފި އެވެ. 

އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ވަޑައިނުގެންނެވޭނެކަން އަންގަވައި ގަވަރުނަރު ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައިވާއިރު މިއަދު ކޮމިޓީއަށް އޭނާ ހާޒިރުކުރަނީ ގަވަރުނަރުކަމުން އޭނާ ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށެވެ. 

ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ނާޒިމު އެފަދައިން ހުށަހެޅުއްވުމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް ކޮމިޓީން އޮތީ ފާސްކޮށްފަަ އެވެ. 

ނާޒިމް މިފަދައިން ހުށަހަޅުއްވާފައިވަނީ މައިގަނޑު ތިން ސަބަބެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ސަބަބުތަކަކީ: 

  •  މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފާއިތުވި މުއްދަތުގައި ސަރުކާރަށް އެކަށީގެންވާ ލަފާ ނުދިނުން
  •  ބޭންކުތަކުން ފައިސާ ދޫކުރެވޭ މިންވަރު މަދުވާނެހެން އެމްއެމްއޭގެ ރިޒާވްގައި ބޭންކުތަކުން ބަހައްޓަންޖެހޭ ފައިސާގެ އަދަދު އިތުރުކުރުން
  •  މަނިޓަރީ ޕޮލިސީ ހިންގުމުގައި ގާނޫނުން ގަވަރުނަރާ މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރެއްވުން

އެ ތުހުމަތުތަކާ ގުޅިގެން ގަވަރުނަރުވަނީ ސިޓީފުޅެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފަ އެވެ. އެ ސިޓީގައި ހިމެނޭ ބައެއް ވާހަކަތަކުގެ ތަފުސީލު ނަން ނުޖެހުން ޝަރުތުކޮށް ކޮމިޓީގެ މެންބަރަކު "މިރާ"އާ ހިއްސާކުރެއްވި އެވެ. 

އެ ސިޓީފުޅުގައި ގަވަރުނަރު ވިދާޅުވެފައިވަނީ އެމްއެމްއޭއާ މަތިކޮށްފަައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދު ތަކުރާރުކޮށް ދެއްވި ނަމަވެސް އެ އިރުޝާދުތަކަށް ސަރުކާރުތަކުން އިޖާބުނުދިން ކަމަށެވެ. 

އެގޮތުން ދައުލަތުގެ މާލީ ހާލަތާ ގުޅިގެން ސަރުކާރަށް އެއިރު ދެއްވި އިރުޝާދުތައް މާލިއްޔަތު ކޮމިޓީއާ ކުރިން ހިއްސާ ކުރެއްވިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މާލީ ކާރިސާއެއްގެ ބިރު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އެމްއެމްއޭއާއި ބައިނަަލްއަގުވާމީ މާލީ އިދާރާތަކުން ދެމުން އައި އިރުޝާދަށް ސަރުކާރުތަކުން އަހަންމިއްޔަތުކަން ނުދިނުންކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

އަދި ހަރަދުކުރުމާއި އާމްދަނީ ހޯދުމުގައި ހިފަހައްޓަން އެމްއެމްއޭއާއި މާލީ އިދާރާތަކުން ދިން ލަފައާ އެއްގޮތަށް ސަރުކާރުތަކުން އަމަލުނުކުރުމަކީ މާލީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އުފެދުމުގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.