އެޗްއާރުސީއެމަށް އައްޔަންކުރަން ފޮނުއްވީ އީސީގެ ކުރީގެ ނައިބުގެ ނަން

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް މުއިއްޒު ފޮނުއްވި ސިޓީ މަޖިިލީހަށް އިއްވާފައިވެ އެވެ. ނަންފުޅު ދިރާސާކުރަން ކޮމިޓީއަށް އޮތީ ފޮނުވައިފަ އެވެ.

އިލެކްޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުސްވެފައިވާ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. 

އެޗްއާރުސީއެމްގެ މެންބަރުކަން ހުސްވީ ކޮމިޝަނުގެ މެންބަރުކަމުގައި ކުރިން ހުންނެވި ޑރ.އަހްމަދު އަދުހަމް އަބްދުﷲ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

އެ ކޮމިޝަނުގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލީ ފާއިތުވި ޖޫން މަހުގެ ހަވަނަ ދުވަހު އެވެ. އަދި އެ ފުރުސަތުގެ ފަހު މުހުލަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް މުއިއްޒު ފޮނުއްވި ސިޓީ މަޖިިލީހަށް އިއްވާފައިވެ އެވެ. އެ ސިޓީފުޅާ ގުޅިގެން އެ ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ފޮނުވާފައިވެ އެވެ. 

އީސީގައި 21 އަހަރު މަސައްކަތް ކުރެއްވި ހަބީބުވަނީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިތުރަށް ކޮމިޝަނުގެ ނައިބުރައީސްގެ މަގާމު އަދާކުރައްވާފަ އެވެ. ހަބީބު އިލެކްޝަންސްގެ މެންބަރުކަމުން ވަކިވެވަޑައިގަތީ 13 މާޗުގަ އެވެ. 

މިހާރު އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާއާއި ކޮމިޝަނުގެ މެންބަރުކަމަށްވާ މުއުމިނާ ވަހީދާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ސަމާއު އަހްމަދު ނަޖީބެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.