ކ. ބޮލިފުށީގެ ވެރިޔާ ނިޔާވީ ރިސޯޓްގެ ކޮޓަރީގައި ވެއްޓިފައި އޮއްވާ މާލެ ގެނެސް ފަރުވާ ދެނިކޮށެވެ. ބެލެވެނީ ސްޓްރޯކެއް ޖެހުނީ ކަމަަށެވެ.
ކ. ބޮލިފުށީގެ ވެރިޔާ ނިޔާވީ ރިސޯޓްގެ ކޮޓަރީގައި ވެއްޓިފައި އޮއްވާ މާލެ ގެނެސް ފަރުވާ ދެނިކޮށެވެ. ބެލެވެނީ ސްޓްރޯކެއް ޖެހުނީ ކަމަަށެވެ.
ސޯސަންމަގުގައި ހުންނަ އިބްރާހިމް މިސްކިތަކީ ވިޔަފާރީގައި ފާހަގަކޮށްލެވުނު ޝަރީފު ބިނާކުރި މިސްކިތެވެ. އޭނޫން ވެސް ވަރަށް ގިނަ މިސްކިތްތަކުގެ އާބާތުރަފިލުވުމާ އެ ނޫން ކަންކަމުގައި އޭނާގެ ބައިވެރިވުން ބޮޑެވެ.
ޝަރީފް ނިޔާވީ އުމުރުން 64 އަހަރުގަ އެވެ. ކަށުނަމާދު އޮތީ މާދަމާ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުން ވެސް އޮތީ މަރުކަޒު ގަ އެވެ. ވަޅުލަން ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.
ޖަނާޒާ ފަސްކުރީ އަނބިކަނބަލުން އިންޑިއާގައި ހުންނެވުމުން ކަމަށް ބެލެވެ އެވެ.