ރޮހިންޖާގެ މުސްލިމުންނަށް އިންސާފު ހޯދުމަށް ހުށައެޅި މައްސަލައަށް ރާއްޖެ ވަނުމުގެ ފުރުސަތު ދީފި

މިއީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް 2019 ގައި އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.

ރޮހިންޖާގެ މުސްލިމުންގެ ބަޔަކު އެ މީހުން ދިރިއުޅުނު ސަރަހައްދު ދޫކޮށްދާން މަޖުބޫރުވުމުން އެ ސަރަހައްދުން ފައިބަނީ

ރޮހިންޖާގެ މުސްލިމުންނަށް އިންސާފު ހޯދުމަށް ހުށައެޅި މައްސަލައަށް ރާއްޖެ ވަނުމުގެ ފުރުސަތު ދީފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިންޓާނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް -- ދަ ގެމްބިއާ ވ މިޔަންމާ -- " މައްސަލައަށް ތަދައްހުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓާވެންޝަން ބަލައިގަތުމަށް އައިސީޖޭގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ޖުލައި ތިންވަނަ ދުވަހު އެވެ.

އެގޮތުން ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެއްލެވޭނެ ކަންކަން ކަމަށް އެ ކޯޓުން ވަނީ ނިންމާފަ އެވެ. އެ ކޯޓުން މިގޮތަށް ނިންމަވާފައި ވަނީ ދިވެހިރާއްޖޭގެ އިންޓާވެންޝަން ބަލައިގަތުމާ މެދު މިޔަންމާ އިން އިއުތިރާޒެއް ހުށަހަޅާފައި ވަނިކޮށެވެ.

ރާއްޖެއިން ތަދައްހުލުވުމުގެ ފުރުސަތު ލިބުނު މި މައްސަލަ އަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް ނޮވެމްބަރު، 11 2019 ގައި އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.

ސަރުކާރުން ބުނީ ރޮހިންޖާގެ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާ ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ މައިދާނު ގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.