އެމްޑީޕީގެ ޗެއާޕާސަން މަޖިލީހުގެ ރައީސާއި ބައްދަލު ކުރައްވައިފި

އެ ޕާޓީން ބުނީ މި ބައްދަލްވުމުގައި މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ޗެއާޕާސަން އެދިވަޑައިގެންނެވި ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން މަޖިލީހުގެ ރައީސާއި ބައްދަލު ކުރެއްވުން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވައިފި އެވެ.

އެ ޕާޓީން ބުނީ މި ބައްދަލްވުމުގައި މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރު ކޮށްދިނުމަށް ޗެއާޕާސަން އެދިވަޑައިގެންނެވި ކަމަށެވެ. އަދި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރެއްވި ކަމަށެވެ.

މިއަދުގެ ބައްދަލްވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަބްދުއްރަހީމްގެ އަރިހުގައި ނާއިބު ރައީސް އަހްމަދު ނާޒިމް އާއި މެޖޯރިޓީ ލީޑަރު / އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށެވެ. އެ ޕާޓީގެ ވިސްނުމަށް ތާއީދުކޮށް އެކުގައި މަސައްކަތް ކުރާ މެންބަރުންނާ ކޮންގްރެސްގެ މެންބަރުންގެ އަދަދު 75 އަށް އަރަ އެވެ. އެމްޑީޕީގެ ތިއްބެވީ 12 މެންބަރުންނެވެ.

މަޖިލީހުގެ ރައީސް ވަނީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށް ކުރީން ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.