މި ކޮމެޓީގައި އަބްދުއްރަހީމާއި ނާޒިމް ހިމެނިވަޑައިގަންނަވަނީ މަގާމުގެ ހައިސިއްޔަތުންނެވެ. ކޮމެޓީގެ ޗެއާމަން އަކީ އަބްދުއްރަހީމެވެ. ނާއިބަކީ ނާޒިމެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަށް މެންބަރުންނެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާއިބު ރައީސް އަހްމަދު ނާޒިމް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
މި ކޮމެޓީގައި އަބްދުއްރަހީމާއި ނާޒިމް ހިމެނިވަޑައިގަންނަވަނީ މަގާމުގެ ހައިސިއްޔަތުންނެވެ. ކޮމެޓީގެ ޗެއާމަން އަކީ އަބްދުއްރަހީމެވެ. ނާއިބަކީ ނާޒިމެވެ. މިއަދު އިންތިހާބު ކުރި ބޭފުޅުންގެ ތެރެއިން މެންބަރު އިމްރާން އިންތިހާބު ކުރީ ހަޒާންދާރުގެ މަގާމަށެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކޮމެޓީގެ މެންބަރުންނެވެ.
އައިޕީޔޫ އަކީ މިނިވަން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ. 180 މެންބަރު ގައުމު ހިމެނޭ މި ޖަމިއްޔާ އަކީ 1889 ވަނަ އަހަރު އުފެދުނު ޖަމިއްޔާ އެކެވެ.
މި ޖަމިއްޔާ ގައި 15 އެސޯސިއޭޓް މެންބަރުންނާއި 70 ޕާލިމަންޓް އޮބްޒާވަރުން ހިމެނެ އެވެ.