އެމްޑީޕީ ދާއިރާތަކުގެ ރައީސުން ހޮވުން؛ ލިސްޓް ނެރެފި، ވާދަ ބޮޑު

އެކާވީސް ދާއިރާއެއްގެ ބައި އިލެކްޝަން އޮންނާނެ އެވެ. ބައެއް ދާއިރާތަކަށް ހަތަރު ފަސް ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ މަގާމުތަކަށް ކުރިމަތިލައްވާފައިވާ ބައެއް ކެންޑިޑޭޓުން

އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ މަގާމުތަކުގެ ތެރެއިން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބު ގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް ނެރެފި އެވެ.

އެކާވީސް ދާއިރާއެއްގެ ބައި އިލެކްޝަން އޮންނާނެ އެވެ. ހުރިހާ ދާއިރާއަކަށް ވެސް އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ. ބައެއް ދާއިރާތަކަށް އެއަށް ވުރެ ގިނަ ކެންޑިޑޭޓުން ވެސް ކުރިމަތިލާފައިވެ އެވެ.

މާލެ ސިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ފަލާހެވެ. އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ތިނަދޫ ސިޓީގެ ރައީސް ކަމަށް އެ ދާއިރާގެ މަޖިލީސް މެންބަރު ކަން މިދިޔަ ދައުރު ކުރެއްވި އަބްދުލް މުޣުނީ އާ ނިމިދިޔަ ސަރުކާރު ގައި އެޗްޑީސީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ގައިސް ވާދަ ކުރައްވަ އެވެ. ގައިސް ވަނީ ނިމިިދިޔަ މަޖިލީސް އިންތިހާބު ގައި ވެސް ތިނަދޫގެ ދާއިރާއަކަށް ވާދަ ކުރައްވާފަ އެެވެ.

މާލެ ސިޓީގެ ދާއިރާތަކުގެ ތެރެއިން ގަލޮޅު އުތުރަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާދަ ކުރައްވަ އެވެ. މާރިޔާއާ ވާދަ ކުރައްވަނީ އައިކް އަހްމަދު އީސާ އެވެ. މައްޗަންގޮޅީ އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަ ކުރައްވަނީ ހަދީޖާ މުހައްމަދާއި ޟިރުޢާމް ވަހީދެވެ. މެދު ހެންވޭރު ދާއިރާގެ ރައީސް ކަމަށް މީކާއީލް މުހައްމަދު ރިޔާޒް އާއި އަހްމަދު ޝައްފާން އެވެ.

ހެންވޭރު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރީގެ މަޖިލީސް މެންބަރު އިބްރާހިމް މުއިއްޒު އާއި އަހްމަދު އަހްނަފް ފިރާގެވެ. މާފަންނު އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަ ކުރަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެ ދާއިރާއަށް ނިމިދިޔަ މަޖިލީސް އިންތިހާބު ގައި ވާދަކުރި އިފްހާމް ހުސައިން އާއި ހުސައިން ފުރުޝާން އެވެ. ހުޅުމާލެ މެދު ދާއިރާއަށް އެ ދާއިރާއަށް މަޖިލީސް އިންތިހާބު ގައި ވާދަކުރި ޝަފާތު އަހްމަދު ޒާހިރު އާއި އަހްމަދު ޝަފީގް ވާދަ ކުރެ އެވެ.

ހުޅުމާލެ ހުޅަނގާއި ހުޅުމާލެ އުތުރު ދާއިރާއަށް ކޮންމެ ދާއިރާއަކަށް ތިން ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ ހުރާ ދާއިރާގެ ރައީސް ކަމަށެވެ. އެ ދާއިރާގެ ރައީސް ކަމަށް ހަ ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. ދަނގެތީ ދާއިރާގެ ރައީސް ކަމަށް ފަސް ކެންޑިޑޭޓަކު އަދި ކެލާ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަ ކުރެ އެވެ.

މި އިންތިހާބަށް ޕާޓީގެ ތެރޭގައި އޮތީ ވަރަށް ބޮޑު ވާދަވެރި ކަމެކެވެ. ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އެކި ބޭފުޅުންގެ ތާއީދާ އޮތީ އެކި ކެންޑިޑޭޓުންނަށް ކަމަށް ވުމުން ވާދަވެރިކަން އިތުރަށް ވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.