ނައުޝާދުގެ މަރު: ދައުލަތުގެ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފި

ހެކިވެރިންނަަށް ބިރުދައްކައި ޖިސްމާނީ ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ ނިންމެވީ ދައުލަތުން އެދުނު ފަދައިން ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރުއްވުމަށެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް --

ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި މާފަންނު މުރަނގަ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ސ.ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) މަރައިލި މައްސަލާގައި ދައުލަތުގެ ފަރާތުން ހެކިބަސްދޭ ހެކިވެރިން ރައްކާތެރިކުރަން ކޯޓުން އަމުރުކޮށްފި އެވެ. 

ނައުޝާދުގެ މަރާ ގުޅިގެން ދައުވާކޮށްފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ސ.މަރަދޫފޭދޫ، ރަށްދެބައިގޭ، އިބްރާހީމް ފައިހު ނިޒާމާއި، ތ.ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. 

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. 

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހަތް ހެކިވެރިއެއް ހުށަހަޅަން ނިންމާފައިވާއިރު ހެކިވެރިންގެ ހެކިބަސް ނަގާއިރު އެމީހުންނަކީ ކޮން ބައެއްކަން ނޭނގޭހެން އޮންލައިންކޮށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދުނެވެ. 

އަދި މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފއިވާ ތަހުގީގު ރިޕޯޓު ދޫކުރާއިރު ތަހުގީގު ރިޕޯޓުގައި ހިމެނޭ ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށްވެސް ދައުލަތުން އެދިފައިވެ އެވެ. 

ހެކިވެރިންނަަށް ބިރުދައްކައި ޖިސްމާނީ ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ ނިންމެވީ ދައުލަތުން އެދުނު ފަދައިން ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރުއްވުމަށެވެ. 

ނައުޝާދަށް ނިމުނު އަހަރު ފެބްރުއަރީ މަހުގެ ރޭގަނޑު 9:30 ހާއިރު ދިން ހަމަލާއަށް ފަރުވާކުރަނިކޮށް އޭނާ މަރުވީ އައިޖީއެމްއެޗްގައި ހަމަލާދިންތާ ތިން ދުވސް ފަހުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.