ބީލަން ހުށަހެޅުމުގެ އުސޫލަށް ގެނައި ބަދަލާއެކު އެފަރާތަކުން ހުށަހަޅާފައި އޮތް އެންމެ ބޮޑު އަގަށްވުރެ މަދުވެގެން 15 ރުފިޔާ ބޮޑުކޮށް އިތުރު ބީލަމެއް ހުށަހެޅޭނެ އެވެ.
ތިލަފުށިން ބީލަން ވިއްކުމަށް އެޗްޑީސީން ހުޅުވާލާފައިވާ ފުރުސަތުގައި އެކަކަށް އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށަހެޅޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
މީގެ ކުރިން ތިލަފުށިން ބީލަން ވިއްކުމުގައި އަމަލުކުރާ އުސޫލުގައި އޮންނަނީ ކޮންމެ ފަރާތަކަށް އެއް ބީލަން ހުށަހެޅޭ ގޮތަށެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ކޮންމެ ފަރާތަކަށްވެސް އެއް ބީލަމަށްވުރެ ގިނައިން ބީލަން ހުށަހެޅޭނެ އެވެ.
ބީލަން ހުށަހެޅުމުގެ އުސޫލަށް ގެނައި ބަދަލާއެކު އެފަރާތަކުން ހުށަހަޅާފައި އޮތް އެންމެ ބޮޑު އަގަށްވުރެ މަދުވެގެން 15 ރުފިޔާ ބޮޑުކޮށް އިތުރު ބީލަމެއް ހުށަހެޅޭނެ އެވެ.
އެގޮތުން ބީލަމުގެ އަގު ޖެހުމަށް ހާއްސަ ކޮށްފައިވާ ގޮޅީގައި އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާ ބޮޑުކޮށް އަގެއް ޖެހުމަށްފަަހު ހުށަހެޅުމުގެ އިހުތިޔާރު ކޮންމެ ފަރާތަކަށް އޮންނާނެ އެވެ.
އެޗްޑީސީން އިއުލާނުކޮށްފައިވާ ގޮތުން މިފަހަރު ތިލަފުށިން ވިއްކަނީ ތިން ސައިޒެއްގެ 108 ބިމެކެވެ.
ބީލަން ހުށަހެޅުމުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެއް ބިމަކަށް ބީލަން ކޮށްފިނަމަަ ބިން ލިބޭނީ ބޮޑު އަގު ހުށަހަޅާ ފަރާތަށެވެ.