ތިނަދޫ ކައުންސިލުން ދަނޑެއް އެޅި ފަރާތަކަށް އަގަށްވުރެ އިތުރަށް ފައިސާ ދިން

ނަމަވެސް ކައުންސިލުން ހަތަރު ޕޭމެންޓަކަށް ބަހާލައިގެން މަސައްކަތް ކުރި ފަރާތަށް ޖުމްލަ 670،518 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ގދ. ތިނަދޫ ކަައުންސިލުން އެ ރަށުގެ ބަރާސީލު އަވަށުގައި ދަނޑެއް ތަރައްގީކުރަން ހަވާލުކުރި ފަރާތަށް އެއްބަސްވުމުގައި މަސައްކަތުގެ އަގުގެ ގޮތުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ފައިސާ ދޫކޮށްފައިވާކަން އެ ކައުންސިލުގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ލިކުއިޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި މަޝްރޫއުގެ ޖުމްލަ އަގުން 15 އިންސައްތަ އަދި، އެއްބަސްވުމާ ގޮތަށް ބައެއް މަސައްކަތްތައް ނުނިމިހުރުމުން އެ މަސައްކަތުގެ އަގަށްވާ ފައިސާ އުނިކުރަން ކައުންސިލުގެ އިކޮނޮމިކް ސެކްޝަނުން އެންގި ކަމަށެވެ. 

ކައުންސިލުގެ އިކޮނޮމިކް ސެކްޝަނުން އެންގި ގޮތަށް ފައިސާ އުނިކުރުމުން މަޝްރޫއުގެ އަގުން 229،859 ރުފިޔާ އުނިކުރަންޖެހޭނެ އެވެ. އެއިރުން މަޝްރޫއު ހިންގި ކުންފުންޏަށް ދޫކުރަންޖެހޭނީ 635،867 ރުފިޔާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. 

ނަމަވެސް ކައުންސިލުން ހަތަރު ޕޭމެންޓަކަށް ބަހާލައިގެން މަސައްކަތް ކުރި ފަރާތަށް ޖުމްލަ 670،518 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ. އެހެންކަމުން މަސައްކަތް ކުރި ފަރާތަށް ދޭންޖެހޭ ފައިސާގެ އިތުރަށް 34،651 ރުފިޔާ ކައުންސިލުން ދޫކޮށްފައިވެ އެވެ. 

ބަރާސީލު އަވަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކުރީ 865،726 ރުފިޔާއަށެވެ. އެ ފައިސާގެ ތެރެއިން ލިކުއިޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި 129،859 ރުފިޔާއާއި އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ނުނިމި ހުރި މަސައްކަތްތަކަށް އުނިކުރަންޖެހޭ 100،000 ރުފިޔާ އުނިކުރުމަށްފަހު ދޭންޖެހޭ ފައިސާގެ އަދަދަކީ 635،867 ރުފިޔާ އެވެ. 

މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ގޮތުން ފަސްލައްކައަށްވުރެ އަގު ބޮޑު ބީލަންތަކުގައި ބިޑް ސެކިއުރިޓީއާއި ޕާފޯމަންސް ގެރެންޓީ ނަގަންޖެހުނު ނަމަވެސް މި ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކުރީ ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ ހޯދުމަކާ ނުލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.