ގައުމީ އެއާލައިން؛ 36 މިލިއަނުގެ ގެއްލުން، ދެ ބިލިއަނުގެ ދަރަނި

އަހަރުގެ ދެވަނަ ކުއާޓާގައި 58.50 މިލިއަން ރުފިޔާގެ ގެއްލުންވިއިރު އަހަރުގެ ފަހު ކުއާޓާގައިވި 36.11 މިލިއަންގެ ގެއްލުމާއެކު މުޅި އަހަރު 22.5 މިލިއަންގެ ގެއްލުން އެ ކުންފުންޏަށް ލިބުނެވެ.

މޯލްޑިވިއަންގެ ފްލައިޓެއް: ބަންގާޅަށް ދަތުރުކުރާ ދެ ފްލައިޓް ވަނީ މިއަދު ވަނީ ކެންސަލް ކޮށްފައި --

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏަށް ފާއިތުވި އަހަރުގެ ފަހު ކުއާޓާގައި 36.11 މިލިއަން ރުފިޔާގެ ގެއްލުންވިއިރު ކުންފުނީގެ ދަރަނި ނުވަތަ މާލީ އިލްތިޒާމުތައް 1.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކޮންމެ ކުއާޓާއެއްގައި އާންމުކުރާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ދެ ކުއާޓާއެއްގައި އައިލެންޑް އޭވިއޭޝަނަށް ފައިދާވި އެވެ. 

އެގޮތުން ފުރަތަމަ ކުއާޓާގައި 22.10 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، ތިންވަނަ ކުއާޓާގައި 50 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. 

ނަމަވެސް އަހަރުގެ ބާކީ ދެ ކުއާޓާގައި ކުންފުންޏަށް ގެއްލުންވުމުގެ ސަބަބުން މުޅި އަހަރު ނިމުނުއިރު އެ ކުންފުންޏަށް ފައިދާއެއް ނުވެ އެވެ. އަހަރުގެ ދެވަނަ ކުއާޓާގައި 58.50 މިލިއަން ރުފިޔާގެ ގެއްލުންވިއިރު އަހަރުގެ ފަހު ކުއާޓާގައިވި 36.11 މިލިއަންގެ ގެއްލުމާއެކު މުޅި އަހަރު 22.5 މިލިއަންގެ ގެއްލުން އެ ކުންފުންޏަށް ލިބުނެވެ. 

ތިންވަނަ ކުއާޓާގެ ނިޔަލަށް އެ ކުންފުންޏަށް ވިޔަފާރިން ލިބެންޖެހޭ ފައިސާގެ ގޮތުގައި ނުލިބި އޮތީ 658 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގަައި އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ރެކޯޑު ކުރެވިފައިވެ އެވެ. 

ޕީސީބީގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުންފުނީގެ ދަރަނީގެ ތެރެއިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރަންޖެހޭ ދަރަންޏާއި މާލީ އިލްތިޒާމުތައް އަދާކުރުމުގައި އެ ކުންފުންޏަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ކުންފުނީގެ ލިކުއިޑް އެސެޓު ނުވަތަ އަވަހަށް ނަގުދު ފައިސާއަށް ބަދަލުކުރެވޭ ގޮތަށް ހުރި މުދާ ބޭނުންކޮށްގެން ކުންފުނީގެ އިލްތިޒާމުތައް އަދާނުކުރެވޭނެ ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

ދައުލަތުގެ ކުންފުނިތަކުގެ ޖުމްލަ ދަރަނި 35 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، ކުންފުނިތަކުގެ ސަބަބުން ސަރުކާރުގެ ކޭޝް ފްލޯއަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވާނެ ކަމުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެ އެވެ. 

ކޮމެންޓް

2
450
އާދަނު123
4 months ago

ތީދުވަހަކު ފައިދާނުވި ކުންފުންޏެއް. އެކަމު ތަނަކަށް ދާން ބަލާއިރު އަބަދުވެސް ފުލް ވެގެން ޖާގަ ނުލިބޭ

ާަާޕޮޕީ
3 months ago

ދުވަހަކުވެސް މާފުނުކުރާނަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.