ދެމީހަކު ކޮއްޓަކަށްލައި އަނިޔާ ކުރި މައްސަލައެއް ބަލަނީ

"މިރާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮއްޓެއްގައި ބަޔަކު ބަންދުކޮށް އެމީހުންނަށް ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށް އެ އިދާރާއިން ބުނެފި އެވެ. 

މި މައްސަލަ ފެންމަތިވީ ކޮއްޓެއްގައި ދެ މީހަކު ބަންދު ކުރުމަށްފަހު އެމީހުންގެ ގަޔަށް ފެންޖަހައި ގޯނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. 

އެ ވީޑިއޯގައި ފެންނަނީ ކޮށީގައި ދެ މީހަކު ބަންދު ކުރުމަށްފަހު ކޮށިން ބޭރުގައި ހުރި މީހަކު ހޮޅިއަކުން އެމީހުން ގަޔަށް ފެންޖަހަމުންދާ މަންޒަރެވެ. އަދި އެމީހުންނާއި މުހާތަބުކޮށް ކޮށިން ބޭރުގައި ހުރި މީހާ އެކި ވާހަކަތައް ދައްކަ އެވެ. 

ވީޑިއޯއިން އިވުނު އަޑުތަކަށް ބަލާއިރު ކޮށީގައި ދެ މީހުން ބަންދުކުރީ ފައިސާއާ ގުޅުންހުރި ކަމެއްގައި ކަމަށް ބެލެވެ އެވެ. ވީޑިއޯއިން ފެންނަ ކޮއްޓަކީ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުރި ކޮއްޓެއްކަމަށް ބެލެވެ އެވެ. 

އަދި ވީޑިއޯގައި އެމީހުން ވާހަކަދައްކަމުން ދިޔަ ގޮތަށް ބަލާއިރު ކޮށީގައި ބަންދުކޮށްފައި ތިބި މީހުންނަކީ އަދި ކޮށިން ބޭރުގައި ހުރި މީހަކީވެސް ދިވެހިން ކަމަށް ބެލެވުނު ނަމަވެސް، އެއިން އެއްވެސް ތަފުސީލެއް ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައިނުވެ އެވެ. 

އެ މައްސަލައާ ގުޅިގެން "މިރާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެ އިދާރާއިން ހިއްސާނުކުރެ އެވެ. 

މީހުންނަށް އަނިޔާކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން މީސްމީޑިއާގައި ތިލަވެ އެވެ. އެގޮތުން ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައްވެސް މިފަދައިން ފެންމަތިވެފައިވެ އެވެ. 

ދާދިފަހުން މާލެއިން މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައެއްގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. 

ކޮމެންޓް

1
450
ދިވެހި
2 months ago

މަކަރު ހަދާ އޮޅުވާލާ މީހުންނަށް ލަޑުދޭ މައްސަލަތަކުގައި ޕޮލިހުންނަށް ފިޔަވަޅުނޭލޭތީ ކޮހެންވަނީ ކުރާ ތަހިގީގެއް ދުވަހަކު ނުނިމޭނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.