އިމިގްރޭޝަނުގެ އުޅަނދަކަށް ގެއްލުންދިން ބިދޭސީ މީހާ ޑީޕޯޓު ކުރަނީ

އިމިގުރޭޝަނުގެ މަސައްކަތަށް ހުރަސް އަޅައި، އެ އިދާރާގެ އުޅަނދަކަށް ގެއްލުން ދިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިވަގުތު އެމީހާ ހުރީ އިމިގުރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަަށްވެސް ޝަމްއާން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން: އޮޕަރޭޝަންތައް ހުއްޓާ ނުލާނެ ކަމަށް ސަރުކާރުން ބުނޭ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގުރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އިމިގުރޭޝަނުގެ އުޅަނދެއްގައި ކޮޅުފައިން ޖަހައި ގެއްލުން ދިން ބިދޭސީ މީހަކު ޑީޕޯޓުކުރާނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ. 

ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދަ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގުރޭޝަން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އިތުރު ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ އެ އޮޕަރޭޝަނުގެ ތެރެއިން އިމިގުރޭޝަނުގެ މަސައްކަތަށް ހުރަސް އަޅައި، އެ އިދާރާގެ އުޅަނދަކަށް ގެއްލުން ދިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިވަގުތު އެމީހާ ހުރީ އިމިގުރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަަށްވެސް ޝަމްއާން ވިދާޅުވި އެވެ. 

އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި މިހާރު ހުރި މިމީހާއާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އެއަށްފަހު އެމީހާ ރާއްޖެއިން ޑީޕޯޓު ކުރައްވާނެ ކަމުގައި ޝަމްއާން ވިދާޅުވި އެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެފަދަ ބިދޭސީން ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ އިތުރަށް، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް އިމިގްރޭޝަނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން އަންނަނީ ކުރަމުންނެވެ. 

ބަލައިފާސްކުރުމުގެ ތެރެއިން ހައްޔަރުކުރާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވައިލުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގައި ޝަމްއާންވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އިމިގްރޭޝަން ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން މިފަދަ މައްސަލަތަަކުގައި 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމާއެކު ޕާސްޕޯޓު ހިފަހެއްޓުމުގެ އިހުތިޔާރު ކޮންޓްރޯލާއަށް ލިބެ އެވެ. 

ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 1،800 އަށްވުރެ ގިނަ ބިދޭސީން ހައްޔަރުކޮށް އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.