ޓްރަމްޕްގެ ކެމްޕެއިން ތަރުޖަމާނު ސްޓީވަން ޗުއެންގް ވިދާޅުވީ މެޑިކަލް ރައީސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ އެ މަނިކުފާނު ޒަހަމް ކޮށްލައިފި އެވެ.
ރައީސް ޓްރަމްޕަށް އެ ހަމަލާ ދިނީ އެ މަނިކުފާނުގެ ޕެންސެލްވޭނިއާ ކެމްޕޭން އިވެންޓްގެ ސްޓޭޖް މައްޗަށް އަރާ ވަޑައިގެން ޕޯޑިއަމްގައި ވާހަކަފުޅު ދައްކަން ހުންނަވަނިކޮށެވެ.
މި ހަމަލާގައި އެ މަނިކުފާނުގެ ކަނާތު ކަންފަތްޕުޅު ވަރަށް ބޮޑަށް ޒަހަމްވެފައި ވެއެވެ. އާންމުވެފައިވާ ވީޑީއޯތަކުން ފެންނަ ގޮތުން އެ މަނިކުފާނުގެ ކަންފަތްޕުޅުން ވަރަށް ބޮޑަށް ލޭ އޮހޮރެ އެވެ. ރައީސް ޓްރަމްޕަށް ހަމަލާ ދިނުމާ ގުޅިގެން އޭނާގެ ބޮޑީގާޑުންނާއި ސީކްރެޓް ސާވިސްގެ މެންބަރުން ވަގުތުން ސްޓޭޖަށް އަރައި، ޓްރަމްޕް ވަށާލައި ރައްކާތެރި ހިސާބަކަށް ގެންދިޔަ އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ސްޕޯޓަރުންނާ މުހާތަބު ކުރައްވާފަ އެވެ.
ރައީސް ޓްރަމްޕަށް ހަމަލާ ދިނީ ކެމްޕޭން ރެލީގެ ތެރޭގައި ހުރި މީހެކެވެ. އެ ހަމަލާގެ ތެރޭގައި ބަޑިން އެ ހަމަލާ ދިން މީހާ އާއި ރެލީއަށް ދިޔަ އެހެން މީހަކު ވެސް މަރުވެފައި ވެއެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ސެކިިއުރި އޮފިޝަލަކު މަރުވި އިރު ބައެއް މީހުން ޒަހަމްވެފައި ވެއެވެ.
ޓްރަމްޕްގެ ކެމްޕެއިން ތަރުޖަމާނު ސްޓީވަން ޗުއެންގް ވިދާޅުވީ ހަމަލާއަށް ފަހު މެޑިކަލް ރައީސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ހާލަތު ރަނގަޅުކަން އެނގި ވަޑައިގަތުމާ ގުޅިގެން އެކަމާ އުފާކޮށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޓްރަމްޕާއި އާއިލާ އަށާއި ރެލީއަށް ދިޔަ މީހުންނަށް ހެޔޮ ދުއާ ކުރާ ކަމަށާއި ސީކްރެޓް ސާވިސްގެ ފަރާތުން ރައްކާތެރިކަން ދެވުނީތީ ޝުކުރުވެރިވާ ކަމަށް ވެސް ރައީސް ބައިޑަން ވިދާޅުވި އެވެ.