އަމްބާނީގެ ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދަކީ އިންޑިއާއާ ވަރަށް ގާތްގުޅުމެއް ބާއްވަވާ / ކޮންމެ މައްސަލައެއް ގައި ހެން ވެސް އިންޑިއާ ދިފާއު ކުރައްވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެނީގެ ހަފްލާ ގައި

ދުނިޔޭގެ އެންމެ މުއްސަދި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ކައިވެނީގެ ބޮޑު ހަފްލާ ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

ގައުމުތަކުގެ ބައެއް އިސް ވެރީންނާއި ސިޔާސީ ލީޑަރުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުންނާއި ދުނިޔޭގެ މަޝްހޫރު ފަންނާނުން ބައިވެރިވި ކައިވެނީގެ މި ހަފްލާ ގައި ދިވެއްސަކަށް ބައިވެރިވެޑައިގެންނެވީ ރައީސް ނަޝީދު އެކަނި ކަމަށް ވެ އެވެ.

އެެމަނިކުފާނު ގެންގުޅުއްވާ "އަނެއް ދިވެހިރާއްޖެ" އެކައުންޓުން ވަނީ ކައިވެނި ހަފްލާގެ މަންޒަރެއް ޕޯސްޓް ވެސް ކުރައްވާފަ އެވެ.

ނަޝީދަކީ އިންޑިއާއާ ވަރަށް ގާތްގުޅުމެއް ބާއްވަވާ / ކޮންމެ މައްސަލައެއް ގައި ހެން ވެސް އިންޑިއާ ދިފާއު ކުރައްވާ ބޭފުޅެކެވެ.

މިއީ މި އަހަރުގެ ބޮޑު ކައިވެނީގެ ހަފްލާ އެވެ. މި ސަރަހައްދުގެ އެންމެ މުއްސަދި މީހަކީ މުކޭޝް އަމްބަނީ އެވެ. އޭނާގެ ހަގު ދަރިފުޅުގެ ކައިވެނީގެ ހަރަކާތްތައް ފެށިތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކައިވެނީގެ އެކި ހަރަކާތްތަކަށް ފަސް ބިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ހަރަދު ކުރި ކަަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.