މާރަންދޫ ކައުންސިލްގެ ނާއިބު ރައީސް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ރަމީޒު ނިޔާވީ މިއަދު ހަވީރު މާރަންދޫ ގައި ފުޓްބޯޅަ ކުޅެން ހުއްޓާ އުނދަގޫތަކެއް ވާތީ ފަރުވާއަށް އެ އަތޮޅު ވެރިރަށް -- ދިއްދޫއަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

މާރަންދޫ ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަމީޒު

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަމީޒު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ރަމީޒު ނިޔާވީ މިއަދު ހަވީރު މާރަންދޫ ގައި ފުޓްބޯޅަ ކުޅެން ހުއްޓާ އުނދަގޫތަކެއް ވާތީ ފަރުވާއަށް އެ އަތޮޅު ވެރިރަށް -- ދިއްދޫއަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. 

މާރަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ރަމީޒުގެ ސިއްހީ ބޮޑު މައްސަލައެއް ނެތް ކަމަށެވެ. އަދި މިއަދު ވެސް އެ އަތޮޅު އުލިގަމަށް ދަތުރުކުރި ކަމަށާ ނިޔާވީ ހަވީރު ފުޓްބޯޅަ ކުޅެން ހުއްޓާ ހޮޑުލާ އުނދަގޫތަކެއް ވާހެން ހީވާތީ ފަރުވާއަށް ދިއްދޫއަށް ގެންގޮސް ފަރުވާ ދެނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.

މީހުންނާ ވަރަށް ގުޅޭ އެކުވެރި މިޖާޒެއްގެ ރަމީޒަކީ އަތޮޅުގެ ގިނަ ބަޔަކާ ވެސް ގުޅުން އޮންނަ މީހެކެވެ. މާރަންދޫގެ އިޖްތިމާއީ / ތަރައްގީ ކަންކަމުގައި ވަރަށް އިސްނަގާ ހަރަކާތްތެރިވި މީހެކެވެ.

އޭނާ ނިސްބަތް ވަނީ އިދިކޮޅު އެމްޑީޕީ އަށެވެ. އެމްޑީޕީން ވަނީ ރަމީޒު ނިޔާވުމުން ތައުޒިޔާ ފޮނުވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.