ލިއޯ އާއި ހަޔާ އެޑިއުކޭޝަނުން ޒުވާނުންނަށް ވަޒީފާއާ ތަމްރީނު ފަހިކޮށް ދެނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު އެތަކެއް ސީއެސްއާރު ޕްރޮގްރާމްތަކެއް ހިންގާފައިވާ ލިއޯ ކުންފުންޏަކީ ރާއްޖޭގައި އޮތް އަމިއްލަ އެންމެ ބޮޑު ލޮޖިސްޓިކްސް ކުންފުންޏެވެ.

ލިއޯ ޓްރޭޑިން އާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ޕްރަގްރާމްތަކެއް ފެށުމަށް ވަނީ ނިންމާފައި

ލިއޯ ޓްރޭޑިން އާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ގުޅިގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ރާވައި ހިންގުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު އެތަކެއް ސީއެސްއާރު ޕްރޮގްރާމްތަކެއް ހިންގާފައިވާ ލިއޯ ކުންފުންޏަކީ ރާއްޖޭގައި އޮތް އަމިއްލަ އެންމެ ބޮޑު ލޮޖިސްޓިކްސް ކުންފުންޏެވެ. އެ ކުންފުނިން މިހާރު ތައްޔާރުވަމުން ދަނީ އެމްއެންއެސްޑީއޭ އަދި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ގައުމީ ފެންވަރުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގުމަށެވެ.

މި ޕްރޮގްރާމްގެ ބައެއްގެ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތަކުގައި ލިއޯއަށް ކޮށްދެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި މި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ލިއޯގެ ތިލަފުށީ ގައި ހިނގަމުންދާ އޮޕަރޭޝަން ބައްލަވާލެއްވުމަށާ އެހީތެރިކަން ދެވިދާނެ ދާއިރާތައް ދެނެގަތުމަށް ތިލަފުއްޓަށް ޒިޔާރަތެއް ކޮށްފަ އެވެ.

މި ޒިޔާރަތުގައި ސްޓޭޓް މިނިސްޓާ ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓް އަހުމަދު ޝަފީއު އާއި ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީން އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހްރާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. ލިއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަބުދުﷲ ސަވާދާއި ޖެނެރަލް މެނޭޖާ މިފްޒާލް މުހައްމަދު އަދި ޗީފް ކޮމާޝަލް އޮފިސަރު އިމްޖާދު ޖަލީލްގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ކުންފުނީގެ އޮޕަރޭޝަނާ ގުޅޭ އަދި ދިވެހިންނަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވި އެވެ.

ލިއޯ ޓްރޭޑިން އާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ޕްރަގްރާމްތަކެއް ފެށުމަށް ވަނީ ނިންމާފައި

ދެފަރާތުން ގުޅިގެން ޒުވާނުން މި ދާއިރާތަކަށް ނެރުމަށްޓަކައި މިހާރުން މިހާރަށްވެސް ގުޅިގެން ކުރެވިދާނެ ކަންކަމާ މަޝްވަރާކޮށް ޕޮލިޓެކްނިކްގެ ފަރާތުން އިންތިޒާމްކުރާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ލިއޯގެ ތިލަފުށީގައި ހިނގަމުންދާ ސައިޓްތައް ކަމުގައިވާ ސްޓޯ ވެއާހައުސް އާއި ވޯކްޝޮޕް އަދި ޑޮކްޔާޑް ގައި އުޖޫރަ ލިބޭ ގޮތަށް، އަމަލީ މަސައްކަތް ކުރުމުގެ ފުރުސަތުދިނުމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

ލިއޯ އިން ތިލަފުށީ ގައި އެންމެ ޒަމާނީ ފެންވަރަށް ފަރުމާކޮށް ގާއިމުކުރުމަށް ނިންމާފައިވާ ރާއްޖޭގެ އެންމެބޮޑު އިންޑަސްޓްރިއަލް ވޯކްޝޮޕްގެ މަޝްރޫއު ވެސް އެ ބޭފުޅުން ބައްލަވާލެއްވި އެވެ. މިވޯކްޝޮޕާ އެކު ސެޓްފިކެޓް ފެންވަރަށް ތަމްރީން ޕްރޮގްރާމްތަކާއި ލިއޯގެ ޕާޓްނާވާ އިންޓާނޭޝަނަލް ބްރޭންޑްތަކުގެ ހާއްސަ ޓެކްނިކަލް ލައިސެންސްތައް ދޫކުރެވޭ ގޮތަށް ޓްރެއިނިން އިންސްޓިޓިއުޓެއް ވެސް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ވޯކްޝޮޕް ގައި މަސައްކަތް ކުރާނެ ދިވެހިން އުފެއްދުމަށް ޕޮލިޓެކްނިކާ އެކު ކުރެވިދާނެ ކަންކަމާއި ޓްރެއިނިން ސެންޓަރު ގައި ކުރިޔަށް ގެންދެވޭނެ ސެޓްފިކެޓް ކޯސްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ލިއޯ ޓްރޭޑިން އާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ޕްރަގްރާމްތަކެއް ފެށުމަށް ވަނީ ނިންމާފައި

ލިއޯގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސަވާދު ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމުގައި އަދި މި ދާއިރާއިން ތަމްރީނު ލިބިފައިވާ ދިވެހިން އިތުރު ކުރުމަށް ސްކޯލާޝިޕްތައް ދިނުމާ އެކު އެތައް ދަރިވަރުންނެއް ސްޕޮންސާ ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. މީގެ އިތުރުން ލިއޯގެ ބައިނަލްއަގުވާމީ ޕާޓްނަރުންގެ ހާއްސަ ތަމްރީން ޕްރޮގްރާމް ތަކަށް އެތައް ދިވެހިންނެއް މިހާތަނަށް ފޮނުވާފައިވާ ކަމަށާ އަދި މިހާރުވެސް ފޮނުވަމުންދާ ކަން ފާހަގަ ކުރެއްވި އެވެ.

ލިއޯ އަކީ އަބަދުވެސް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ވަރަށް ބޮޑަށް ގުޅިގެން ދިވެހިންނަށް ރަނގަޅު އުޖޫރަ ލިބޭނެ ފަދަ ގިނަ ވަޒީފާތަކެއް އުފައްދައި އޭގެ ހެޔޮ މަންފާ ދިވެހި މުޖުތަމައަށް ކުރާނެ ގޮތެއްގެ މަތިން ވިޔަފާރި ކުރިއެރުވުމަށް ގަދައަޅައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި ކުންްފުންޏަކީ ރާއްޖޭގެ ލޮޖިސްޓިކްސް އިންޑަސްޓްރީ ގައި މިވަގުތު 80 ޕަސެންޓް ހިއްސާވާ ކުންފުންޏެވެ. ގޯލްޑް 100 އެވާރޑް 6 ފަހަރަށް ލިބިފައިވާ މި ކުންފުންޏަކީ ހުއްޓުމެއް ނެތި 24 ގަޑިއިރު ބަރާބަރަށް ހިދުމަތްދެމުން އަންނަ ރާއްޖޭގެ އަމިއްލަ އެންމެބޮޑު ލޮޖިސްޓިކްސް ކުންފުންޏެވެ. ލިއޯގެ ސަބްސިޑައިރީ ކުންފުނިތަކުގެ ޢަދަދު މިހާރު ވިއްސަށް ވުރެ ގިނަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.