ރިސޯޓު ތަރައްގީކުރަން އެސްޓީއޯއަށް ދޫކުރި ރަށުގެ ބަދަލުގައި މާލެއިން ބިމެއް

ޝިމާދު ވިދާޅުވި ގޮތުގައި އެކުޅިވަރު ވިއްކައިލުމުން ލިބޭނެ އަގަށްވުރެ އެ ބިމުގެ އަގު ބޮޑުވާނެ އެވެ. އެ ރަށް ލިބުމުން 2019 ވަނަ އަހަރު އެސްޓީއޯއިންވަނީ އެ ރަށް ވިއްކައިލުމަށް މަސައްކަތް ކޮށްފަަ އެވެ.

ނ.އަތޮޅު އެކުޅިވަރަކީ އެސްޓީއޯއަށް ދޫކޮށްފައި އޮތް ރަށެއް

ރިސޯޓު ތަރައްގީ ކުރަން ނ.އަތޮޅުން އެސްޓީއޯއަށް ދޫކޮށްފައި އޮންނަ އެކުޅިވަރު ދޫކޮށްލުމަށްފަހު އޭގެ ބަދަލުގައި މާލެއިން ބޮޑު ބިމެއް ހޯދާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ބޭއްވި އެ ކުންފުނީގެ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ އެކުޅިވަރު ދޫކޮށްލީ މާލެއިން 12،000 އަކަފޫޓުގެ ބިމެއް ލިބޭ ގޮތަށެވެ. އެ ބިމަކީ މިހާރު މޯލްޑިވްސް ގޭސް ހުރި ބިމެވެ. 

ޝިމާދު ވިދާޅުވި ގޮތުގައި އެކުޅިވަރު ވިއްކައިލުމުން ލިބޭނެ އަގަށްވުރެ އެ ބިމުގެ އަގު ބޮޑުވާނެ އެވެ. އެ ރަށް ލިބުމުން 2019 ވަނަ އަހަރު އެސްޓީއޯއިންވަނީ އެ ރަށް ވިއްކައިލުމަށް މަސައްކަތް ކޮށްފަަ އެވެ. 

އެކުޅިވަރު އެންމެ ފުރަތަމަ ސަރުކާރުން ދޫކުރީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށެވެ. އެއީ 2008 ވަނަ އަހަރު އެވެ. އެއިރު އެ ކުންފުނިން އެރަށް ސަބްލީޒް ކުރީ އެނާ ހޮޓެލް ހޯލްޑިންސް އަށެވެ. 

އެ ކުންފުނިން ސަބްލީޒްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އަނބުރާ ނުދައްކައިގެން އެމްޓީޑީސީއަށް އެރަށް ނެގި އެވެ. އެއަށްފަހު ފުވައްމުލަކު އެއާޕޯޓު ހެދުމުގެ ބަދަލެއްގެ ގޮތުގައި އެރަށް އެސްޓީއޯއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކުޅިވަރަށް ސީޕްލޭނުގައި 40 މިނިޓުން ދެވެ އެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 10 މިނިޓުން ދެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.