ދެކުނު ކޮރެއާގެ ޓީވީ ޑްރާމާ ބެލި ފުރާވަރުގެ 30 ކުއްޖަކަށް އުތުރު ކޮރެއާގައި މަރުގެ އަދަބު ދީފި

އެ ކުދިން މަރައިލީ އުތުރު ކޮރެއާ ދޫކޮށް ދެކުނަށް ހިޖުރަކުރި ބަޔަކު ޔޫއެސްބީއަކަށް އަޅައިގެން އުތުރު ކޮރެއާއަށް އެތެރެކުރި ދެކުނު ކޮރެއާގެ ޑްރާމާތަކެއް ބެލިކަމުގެ ތުހުމަތުގަ އެވެ.

އުތުރު ކޮރެއާަގެ ސުކޫލެއްގެ ދަރިވަރުން

ދެކުނު ކޮރެއާގައި އުފައްދާ ޓީވީ ޑްރާމާތަކެއް ބެލިކަމުގެ ތުހުމަތުގައި ފުރާވަަރުގެ 30 ކުއްޖަކަށް މަރުގެ އަދު އުތުރު ކޮރެއާއިން ދީފި އެވެ. 

ދެކުނު ކޮރެއާގެ ޓީވީ ޗަނަލެއްކަމަށްވާ ޗޮސުން ޓީވީއާއި ނޫހެއްކަމަށްވާ ކޮރެއާ ޖޫންގްއަންގް ޑެއިލީން ރިޕޯޓު ކުރި ގޮތުގައި ފާއިތުވި ހަފުތާގައި ބަޑިޖަހައި އުތުރުކޮރެއާއިން މަރައިލީ މެދު މަދުރަސީ މަރުހަލާގައި ކިޔަވަމުންދާ 30 ދަރިވަރެކެވެ. 

އެ ކުދިން މަރައިލީ އުތުރު ކޮރެއާ ދޫކޮށް ދެކުނަށް ހިޖުރަކުރި ބަޔަކު ޔޫއެސްބީއަކަށް އަޅައިގެން އުތުރު ކޮރެއާއަށް އެތެރެކުރި ދެކުނު ކޮރެއާގެ ޑްރާމާތަކެއް ބެލިކަމުގެ ތުހުމަތުގަ އެވެ. 

މި ރިޕޯޓުތަކާ ގުޅިގެން އުތުރު ކޮރެއާއިން ރަސްމީކޮށް ބަހެއް ބުނެފައިނުވި ނަމަވެސް ޖޫންގްއަންގް ޑެއިލީއަށް ނަން ހާމަަނުކުރުން ޝަރުތުކޮށް މައުލޫމާތު ދެއްވި ދެކުނު ކޮރެއާގެ އޮފިޝަލެއް ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން ހަރުކަަށި އަދަބު ދޭ ތިން ކުށުގެ ތެރޭގައި ދެކުނު ކޮރެއާގެ ސަގާފީ އުފެއްދުންތައް ބޭނުންކުރުން ހިމެނޭ ކަމަށެވެ. 

އެގޮތުން އުތުރު ކޮރެއާގައި އެކަމަށް ހާއްސަކޮށްގެން ގާނޫނެއްވެސް ހަދާފައި އޮވެ އެވެ. އެއީ "ރިއެކްޝަނަރީ އައިޑިއޮލޮޖީ އެންޑް ކަލްޗާ ރިޖެކްޝަން ގާނޫނެވެ. އެ ގާނޫނުގެ ދަށުން ދެކުނު ކޮރެއާއާއި ޖަޕާނާއި އެމެރިކާގެ ސަގާފީ އުފެއްދުންތައް އުތުރު ކޮރެއާގައި ފެތުރުމަކީ މަނާކަމެކެވެ. 

މިއީ އުތުރު ކޮރެއާގައި ދެކުނު ކޮރެއާގެ މީޑިއާ އުފެއްދުންތައް ބަލައިގެން ނުވަތަ ފަތުރައިގެން މަރުގެ އަދަބު ދިންކަމަށް ރިޕޯޓު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު އދގެ އަމީން އާންމުގެ ރިޕޯޓެއްގައި ބުނެފައިވަނީ ކަންގްވޮން ޕްރޮވިންސްގައި މީހަކު ދެކުނު ކޮރެއާގެ ޑިޖިޓަލް ކޮންޓެންޓު ވިއްކާކަމުގެ ތުހުމަތުގައި މަރާފައިވާ ކަމަށެވެ. 

މި އަހަރު ކުރީ ކޮޅު އާންމުވި ވީޑިއޯއެއްގައި ފުރާވަރުގެ ދެ ކުއްޖަކު ކޭޕޮޕް ވީޑިއޯއެއް ބަލައިގެން 12 އަހަރަށް ޖަލަށްލައި ގަދައަށް މަސައްކަތްކުރުމަށް ހުކުމްކުރި މަންޒަރު ފެނުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.