ނިމުނު އަހަރު އާރްޑީސީއަށް 173 މިލިއަންގެ ގެއްލުން

އަހަރުގެ ހަތަރު ކުއާޓާގައި ލިބުނު ގެއްލުން 173 މިލިއަން ރުފިޔާއަށް އަރާއިރު އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ އަދަދު 790 މިލިއަން ރުފިޔާއަށް އަރަ އެވެ.

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ މަނިކު އަދި ރައީސް އިބްރާހިމް

ކުރީ ސަރުކާރުން އުފެއްދި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އަށް 2023 ވަނަ އަހަރު ޖުމްލަ 173 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)އިން އާންމުކުރި ނިމުނު އަހަރުގެ ފަހު ކުއާޓާގެ އެސްއޯއީތަކުގެ މާލީ ހިސާބުތަކަށް ބަލާއިރު އެ އަހަރުގެ ހުރިހާ ކުއާޓާއެއްގައި އާރްޑީސީއަށް ގެއްލުންވި އެވެ. 

އާރްޑީސީގެ ގެއްލުން

  •  ފުރަތަމަ ކުއާޓާ: 25.91 މިލިއަން ރ.
  •  ދެވަނަ ކުއާޓާ: 43.92 މިލިއަން ރ.
  •  ތިންވަނަ ކުއާޓާ: 42.47 މިލިއަން ރ.
  •  ހަތަރުވަނަ ކުއާޓާ: 61.10 މިލިއަން ރ.
  •  ޖުމްލަ ގެއްލުން: 173 މިލިއަން ރުފިޔާ

އާރްޑީސީއަށް އެ އަހަރުގެ ފަހު ކުއާޓާގައި 130.64 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އެ ކުއާޓާގައި އެ ކުންފުންޏަށް 61.10 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. މުޅި އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 382 މިލިއަން ރުފިޔާ އެވެ. 

އަހަރުގެ ހަތަރު ކުއާޓާގައި ލިބުނު ގެއްލުން 173 މިލިއަން ރުފިޔާއަށް އަރާއިރު އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ އަދަދު 790 މިލިއަން ރުފިޔާއަށް އަރަ އެވެ. 

އެ ކުންފުނީގެ މާލީ އިލްތިޒާމުތައް އަދާކުރުމުގެ ގާބިލުކަމަށް ބަލާއިރު އަހަރު ނިމުނުއިރު ކުންފުނީގެ އިންވެންޓަރީގެ ބޭރުން ކުންފުނީގެ އެސެޓުތައް ބޭނުންކޮށްގެން އަހަރު ދުވަހުގެ ތެރޭގައި އަދާކުރަން ހުރި އަދާނުކުރެވޭނެ ކަމުގައި ޕީސީބީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.