"ދަނޑުވެރި މަންފާ" ގްރާންޓަށް އެދުން މެދުކަނޑާލައިފި

މި ޕްރޮގްރާމްގައި ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާގެ އަދަދަކީ 15.1 މިލިއަން ރުފިޔާ އެވެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ބިމެއް: -- އަބީދް

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށި، "ދަނޑުވެރި މަންފާ" ގްރާންޓްގެ ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެގްރިކަލްޗާ މިނިސްޓަރީން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު މި ގްރާންޓަށް އެދިފައިވެ އެވެ. މިނިސްޓްރީން ބުނީ މިހާތަނަށް ލިބިފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން އެޕްލިކޭޝަން ބަލައިގަތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި ބުނީ މިހާރު ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިންމުމަށްފަހު ފައިސާ ހުރި މިންވަރަކުން އިތުރު ފުރުސަތު ދޭނެ ކަމަށެވެ. 

މި ގްރާންޓް ޕްރޮގްރާމަކީ އެގްރިކަލްޗަރާއި އިފާޑް ގުޅިގެން ކުރިއަށްގެންދާ ގްރާންޓް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާގެ އަދަދަކީ 15.1 މިލިއަން ރުފިޔާ އެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.