ރާއްޖެ-އެމެރިކާ ޓީއައިއެފްއޭ ކައުންސިލްގެ ތިންވަނަ ބައްދަލްވުން ބާއްވައިފި

އިގްތިސާދު ހަރުދަނާކޮށް އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހި ކުރުމާ އެކު ވިޔަފާރިތައް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް ރާއްޖެ އިން ވަނީ ހިއްސާ ކޮށްފަ އެވެ.

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުން

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުން ބާއްވައިފި އެވެ.

އެ ބައްދަލްވުން އޮތީ އެމެރިކާގަ އެވެ. ބައްދަލްވުމާއި ގުޅޭގޮތުން ދެ ގައުމުން ވަނީ ބަޔާން ނެރެފަ އެވެ. ބަޔާނު ގައި ބުނެފައި ވަނީ މި ބައްދަލްވުމުގައި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ދިވެހި އިގްތިސާދުގެ ފަހި ކަމަށް ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުުގެ ތަފްސީލް ހިއްސާކޮށް އެ ގައުމުގެ އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ.

އަދި އިގްތިސާދު ހަރުދަނާކޮށް އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހި ކުރުމާ އެކު ވިޔަފާރިތައް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް ރާއްޖެ އިން ވަނީ ހިއްސާ ކޮށްފަ އެވެ.

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުން

މި ބައްދަލްވުމުގައި ދެ ގައުމުން ވެސް ވަނީ އިގްތިސާދީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެއްބަސްވެފަ އެވެ. އަދި މުވައްޒިފުންގެ ހައްގުތައް ހިމާޔަތް ކުރުމާއި ތިމާވެށީގެ ރައްކާތެރި ކަމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާއި އެފަދަ މަސައްކަތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވެ އެވެ.

މިނިސްޓަރު ސައީދުގެ އެމެރިކާ ދަތުރުފުޅުގެ ބޭނުމަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.  އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ބޭއްވި އިންވެސްޓްމަންޓް ރައުންޑްޓޭބަލް ގައި ވެސް އެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.